މައިކް ހަކަބީގެ އަނބިގޮއްޔެ އިޒުރޭލު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މާރޗް 30, 2026

އެމެރިކާއިން އިޒުރޭލަށް ކަނޑައަޅާފައިވާ ސަފީރު މައިކް ހަކަބީ ބުނާގޮތުން އިސްރާއީލަށް ފުރައްސާރަ ކުރުމަކީ އޭނާގެ އަނބިމީހާއަށް ފުރައްސާރަ ކުރުން ފަދަ ކަމެކެވެ.

މައިކް ހަކަބީ ވަނީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން އައު ގޮތަކަށް ބަޔާންކޮށް، ދެ ޤައުމުގެ ގުޅުން ސިޔާސަތުގެ ދާއިރާއިން، ޝަޚުޞީ ޝަރަފުވެރިކަމުގެ ދާއިރާއަށް ބަދަލުކޮށްފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ 200 އަށް ވުރެ ގިނަ މެމްބަރުންނާއި މުޚާޠަބުކޮށް ދިން ވަރުގަދަ ޚިޠާބެއްގައި ހަކަބީ ވަނީ އެމެރިކާ އާއި އިޒުރޭލާ ދެމެދު އޮތް ”ފައްތަރުވުމެއް“ ނެތް ގުޅުން ސިފަކުރުމަށް ވަރަށް މާނަފުން ޝަޚުޞީ މިސާލެއް ބޭނުން ކޮށްފައެވެ. އޭނާ އެ ދެ ޤައުމުގެ ގުޅުން ގުޅުވައިލަނީ އޭނާގެ އަނބިމީހާއެވެ.

މައިކް ވަކަބީއެވެ. ކަލޭ ކިތަންމެ ވަރަކަށް ނެއްޓިޔަސް، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް، ޝައިޠާންޔާހޫއާއި، އިޒުރޭލުދެކެ ރުޅިއާދެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިޒުރޭލުގެ ނިރުބަވެރިކަމާއި، އަނިޔާވެރިކަމާއި، ނަސްލީ ތަފާތުކުރުމާއި، އިންސާނުންގެ ޙުރުމަތް ކަނޑައިލުމުގެ ސަބަބުންނެވެ.

ކަލެއަށް ކަލޭގެ އަނބިގޮއްޔެގެ ހުރި އުނި ސިފަތަކެއް ނުފެންނާނެކަންވެސް އެނގެއެވެ. އެކަމަކުވެސް ކަލޭގެ އަނބިގޮއްޔެ ދެކެ އަހުރެމެން ވަރަށް ރުޅި އާދެއެވެ. ކަލެއަށް އެ ގޮއްޔެ މައިތިރި ނުކުރެވުމުން ވާނެ ހަތެރެތި މިއޮއް ވަނީއެވެ. ޚުދު ކަލޭގެ ޤައުމުގައިވެސް، އެއް ދުވަހެއްގެ ތެރޭގައި، އެކިއެކި ސަހަރުތަކުގައި 8 މިލިއަން މީހުން ނިކުމެ، އެ ގޮއްޔެއާއި، ޓުރަމްޕްބެއްޔާއަށް އެތިވަރު ގޮވަނީއެވެ. އަހުރެމެންނަށް ވުރެ މާހަޑި އެއްޗެހި އެބަގޮވައެވެ. އިހަށް އެމީހުން ހަމައަކަށް އެޅުވޭތޯ ބަލާށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *