އީރާނުގެ ދިފާއީ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އިސްފަހާނަށް އެމެރިކާ-އިޒްރޭލުން ވަރުގަދައަށް ބޮން އަޅައިފިއެވެ.
އިސްފަހާން ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވަނީ އިސްފަހާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށެވެ. އެހެންނަމަވެސް ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮންތަންތަނަކަށް ކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.
އީރާނުގެ މަސްއޫލުވެރީންނާ ހަވާލާދީ ފަރސް ނޫހުން ބުނެފައިވަނީ ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީ އެއްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އިސްފަހާން ޕްރޮވިންސަކީ އީރާނުގެ ދިފާއީ ނިޒާމުގެ ވަރަށްމުހިންމު ޕްރޮވިންސެކެވެ. އީރާނުގެ މުހިންމު އަސްކަރީ އެތައް މަރުކަޒެއް އެ ޕްރޮވިންސްގައި ހުރެއެވެ. އޭގެ ތެރޭގައި ބަދުރު އެއަރބޭސް، 8 ވަނަ ޝެކަރީ އެއަރބޭސް އަދި 4 ވަނަ އެއަރފޯސް ބޭސް ހިމެނެއެވެ.






