އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި އިރާނުން އަތުލައިގެންފައިވާ ޕައިލެޓު ދޫކޮށްލުމުގެ ބަދަލުގައި
އިޒްރޭލު ޖަލުތަކުގައި ހައްޔަރު ކޮސްފައިވާ ފަލަސްތީނުގެ ގައިދީންގެ ތެރެއިން ދިހަ ހާސް ގައިދީން މިނިވަން ކޮށްދިނުމުން އީރާނުގެ ބެލުމުގެ ދަށުގައިވާ އެމެރިކާގެ ޕައިލެޓު ދޫކޮށްލެވިދާނޭ ކަމަށް އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޕައިލެޓެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެފަހުން އެ ގައުމުގެ ރައީސް ޓުރަމްޕު ވިދާޅުވެފައިވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައި އެ ޕައިލެޓު ހޯދާފައިވާ ކަމަށެވެ. މިއީ ލަދުވެތިކަމަކުން ސަލާމަތްވުމަށް އެމެރިކާގެ ރައީސް ވިދާޅުވި ވިދާޅުވުމެއް ކަމަށް މުހައްލިލުން ވަނީ ބުނެފައެވެ.
އެ ގައުމުން މިހެން ބުނެ ލަދުން ސަލާމަތްވީ ކަމަށް ނިންމައިގެން ތިއްބާ އީރާނުން ވަނީ އެމެރިކާގެ ޕައިލެޓު އީރާނުގެ އަސްކަރިއްޔާގެ ބެލުގެ ދަށުގައި ހުރިކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން އެމެރިކާ އަދި އިޒްރޭލުން ފަހުން އެއްޗެއް ބުނިކަމެއް އެނގިފައެއް ނުވެއެވެ.
މި ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުގެ އިތުރުން އީރާނަށް ވެސް ދަނީ ބޮޑެތި ގެއްލުންވަމުންނެވެ. އީރާނުން ބުނެފައިވަނީ ގައުމުގެ އިންފްރާސްޓްރަކްޗަރ ފުނޑުފުނޑު ކޮށްލެވިދާނޭ ކަމަށެވެ. އެހެންނަމަވެސް ވެރިކަމާ ހިސާބަށް ވާސިލް ނުވެވޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.






