އިސްރާއީލު ސިފައިން ފަލަސްތީނުގެ ތިން ޒުވާނަކު ޒަޚަމްކޮށްފި

ޟަމްރަތު އަހްމަދު
އޭޕްރިލް 6, 2026

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ޒުވާނަކަށް ބަޑީން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން ބުނީ އިސްރާއީލު ސިފައިން މި ޒުވާނާ ޒަޚަމްކޮށްލާފައިވަނީ ގުދުސްގެ އުތުރުގައި އޮންނަ ކަލަންދިއާ ރެފިއުޖީ ކޭމްޕަށް ބަޑިންދިން ހަމަލާތަކުގައި ކަމަށެވެ.

ޒަޚަމިވި ޒުވާނާއަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. އުމުރުން 12 އަހަރާއި 13 އަހަރުގެ ދެ ކުއްޖަކު ވެސް ސަހުޔޫނީން ވަނީ ހައްޔަރު ކޮށްފައެވެ. އެޒުވާނުން ހައްހަރު ކޮށްފައިވަނީ ހެބްރޯންގެ ދެކުނުގައި އޮންނަ އަލް ހަރާޔެގުގައި ހިންގި ރެއިޑެއްގައި ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. މިއީ 15 އަހަރުގެ ކުއްޖެކެވެ.

ޑިފެންސް ފޯ ޗިލްޑްރަން އިންޓަރނޭޝަނަލް-ފަލަސްތީނުން ބުނާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އިޒްރޭލުގެ ޖަލުތަކުގައި 351 ކުޑަކުދިން ތިއްބެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އެއްވެސް ދައުވާއަކާނުލައި ބަންދުކޮށްފައިވާ ކުދިންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *