އިޒުރޭލުން ލުބުނާނުގެ އެތައްގެއެއް ސުންނާފަތިކޮށްފި

ޟަމްރަތު އަހްމަދު
އޭޕްރިލް 10, 2026

ފާއިތުވި 24 ގަޑިއިރުތެރޭ އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ފަންސާހަށްވުރެ ގިނަ ހަމަލާތައް ދީފައި ކަމަށް އަލްޖާޒީރާއިން ބުނެފިއެވެ.

ލުބްނާނުގެ ނޭޝަނަލް ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުން އެކަކު މަރުވެ އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އިޒްރޭލުން ވަނީ އައިތާ އަލް ޝާބްގައި  މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްފައެވެ.

އަލްޖަޒީރާގެ ޓީމުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ލުބްނާނުގެ ދެކުނުގެ ހަނީން ޓައުންގައި ހުރި ގެތައް ވެސް ވަނީ ގޮއްވާލައިފައެވެ.

ލުބްނާނުގެ ހިޒްބުالله ޖަމާއަތުން ވެސް ވަނީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ ސަލީބީންނައި ސަހުޔޫނީން އެގައުމަށް ދެމުން ގެންދާ ޓެރަރިސްޓު ހަމަލާތައް ހުއްޓަންދެން ރައްދު ހަމަލާ ދެމުން ގެންދާނޭ ކަމަށެވެ.

އިޒްރޭލުން ދިން ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި  1،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ބެއިރޫތަށްދެމުންގެންދާ ހަމަލާތަކުގެ ބާރު ވަނީ ދަށްވެފައި ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

އިޒްރޭލުގެ މީޑިއާއިން ބުނެފައިވަނީ އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާއިން ގެންދަނީ އިޒްރޭލަށް ޕްރެޝަރު ކުރަމުން ކަމަށެވެ. އެހެންނަމަވެސް ހަމަލާތައް މަދުވިޔަސް ދޭ ހަމަލާތައް ދަނީ ވަރުގަދަވަމުންނެވެ.

ޔަހޫދީ ދައުލަތުގެ ވެރިޔާ ނަތަންޔާހޫ ބުނެފައިވަނީ ލުބުނާނާއެކު ސުލްހައިގެ ވާހަކަތައް ދައްކާނީ ހަނގުރާމަ ހުއްޓާނުލައި ކަމަށެވެ. އެހެންނަމަވެސް ލުބުނާނުގެ ރައްޔިތުންގެ ބޮލަށް ބޮން އަޅަމުން ސުލްހައިގެ ވާހަކަ ދައްކާ ވާހަކަ ނަތަންޔާހޫ ދެއްކުމަކީވެސް އަޖައިބުވާ ކަމެއް ކަމަށް ބައެއް މުހައްލިލުން ބުނެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *