ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އެމެރިކާ އަދި އީރާނުގެ މަޝްވަރާތައް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 12, 2026

ފުރަތަމަ ހީކުރެވިފައިއޮތީ އެމެރިކާއަކީ ހަނގުރާމައިގައި ކާމިޔާބު ހޯދި ފަރާތް ކަމަށް ބުނެ، މަޝްވަރާތަކުގައި އީރާނަށް ޝަރުތުތަކެއް ލާޒިމުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އީރާނުން، އެމެރިކާއަށް މަޖުބޫރުކުރީ ހަމަހަމަ ޝަރުތުތަކެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.

މަޝްވަރާތަކުގައި ކުޅޭނެ އެންމެ ވަރުގަދަ ކާޑު ކަމަށްވާ ހުރުމޫޒު ކަނޑުއޮޅީގެ ކާޑު އޮތީ އީރާނުގެ އަތުގައި ކަމުން، މަޝްވަރާތަކުގައި އެމެރިކާގެ ނުފޫޒުވަނީ ގެއްލިފައެވެ.

މުޢާމަލާތް ކުރުމުގެ ފުޅާދާއިރާއެއްގެ ތަޖުރިބާ އީރާނުގެ ވަފުދަށް ލިބިފައިވާއިރު، މުޢާމަލާތް ކުރުމުގެ ތަޖުރިބާ އެމެރިކާގެ ވަފުދުގެ ކިބައިގައި ގާތްގަނޑަކަށް ނެތެވެ. މި މަޝްވަރާ ބައްދަލުވުން ސިފަކުރެވެނީ ދަރިވަރަކާއި، މުދައްރިސަކާ ދެމެދު ކުރެވޭ މަޝްވަރާއެއް ގޮތަށެވެ.

އީރާނުގެ މިފަހަރުގެ ވަފުދަކީ ވަރަށް ބޮޑު އަދި ވަރަށް ސީރިއަސް، ޕްރޮފެޝަނަލް ވަފުދެކެވެ. އީރާނުގެ 10 ޕޮއިންޓުގެ ތެރެއިން ކޮންމެ ޕޮއިންޓަކަށްވެސް މަޝްވަރާ ކުރެވޭ ވަރުގެ ޑެޑިކޭޓެޑް ނެގޯޝިއޭޝަން ޓީމެއް އީރާނުގެ އެބައޮތެވެ. އޭގެ އިތުރުން، އެމެރިކާގެ ވަފުދު އައީ ހަމައެކަނި ހަނގުރާމަ ލަސްކުރުމުގެ ބޭނުމުގައި ވަގުތު ހޯދުމަށް ކަމަށް ފެނެއެވެ. މާނައަކީ އެމެރިކާގެ ވަފުދު ސީރިއަސްއެއް ނޫނެވެ. އެމެރިކާގެ ވަފުދު ހީވަނީ، ޤަލްފު ސަރަޙައްދުން ދުރަށް ދިއުމަށް ޓުރަމްޕަށް ވަގުތު ހޯދައި ދިނުމުގެ ގޮތުން މަސައްކަތްކުރާ ހެންނެވެ.

އެމެރިކާގެ ވަފުދު އައީ، މަޝްވަރާތަކުގައި، އަމިއްލަ ނުގުތާތަކެއް ހުށަހަޅާކަށް ނޫނެވެ. އޭގެ ބަދަލުގައި، އެމެރިކާއިން މަޝްވަރާތަކުގައި ބައިވެރިވީ، އީރާނުގެ 10 ނުގުތާއާ މެދު މަޝްވަރާކޮށް، އެ ނުގުތާތަކާ މެދު އެއްބަސްވުމަކަށް އައުމަށް ކަމަށް ފެނެއެވެ.

އީރާނަކީ މިހާރު ކުޑަ ޤައުމެއް ނޫނެވެ. ދުނިޔޭގެ ބޮޑު ބާރަކަށް އީރާނު މިހާރު ވެއްޖެއެވެ. އެހެންކަމުން އިތުރު އުނދަގޫތަކެއް އީރާނަށް ކުރިމަތިވެފައިވާ ކަމަށް ފެނެއެވެ.

އީރާނުގެ 10 ޕޮއިންޓުގެ ތެރެއިން، 7 ޕޮއިންޓަކަށް އެމެރިކާއިން އެއްބަސްވެދާނެ ކަމަށް ފެނެއެވެ. އެހެންވިޔަސް، އެއީ އީރާނަށް ލިބޭނޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު، ހުރިހާ ޕޮއިންޓަކަށް އެމެރިކާއިން އެއްބަސްވުމުން ނޫނީ، އީރާނުން އެކަން ގަބޫލުކުރާނެ ކަމަކަށް ނުބެލެވެއެވެ.

ފެންނަ ފެނުމުގައި އެމެރިކާގެ ވަފުދު، ޓުރަމްޕަށް ވުރެ ބޮޑަށް ކޮންޓްރޯލް ކުރަނީ ޝައިޠާންޔާހޫ ކަމަށް ވުމުން، އެމެރިކާއަށް އިތުރަށް ކުރިއަށްދާން އުނދަގޫވެފައިވާ ކަމަށް ފެނެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *