ހޮރްމުޒުގައި ދުޝްމަނުން ޖެހޭނީ ދަންތުރައެއްގައި

އަހުމަދު މުހައްމަދު
އޭޕްރިލް 13, 2026

ހޮރުމުޒް ކަނޑުއޮޅީގެ ހުރިހާކަމެއްގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަސްކަރިއްޔާގެ އަތުގައި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައެވެ. ގާޑްސްގެ ނޭވަލް ކޮމާންޑުން

”ހުރިހާ ޓްރެފިކެއް. އޮތީސް އީރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި،“ އައިއާރުޖީސީން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. އައިއާރުޖީސީން ބުނެފައިވަނީ ”ދުޝްމަނުން އެއްވެސް ކަހަލަ ނޭއްގާނި ހަރަކާތެއް ހިންގައިފިނަމަ ކަނޑުއޮޅިގައި ނުރައްކާތެރި ދަންތުރައެއްގައި ތާށިވާނެ،“ އައިއާރުޖީސީން ބުނެފައިވެއެވެ.

އީރާނުން މިހާސާބޮތުކަން މަތީގައި މިހެން ބުނެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް ބޯޓުތައް ވަދެނުކުމެ އުޅުމަށް އެމެރިކާގެ ނޭވީންނަށް އަމުރުކޮށްފައިވާކަމަށެވެ. ޕާކިސްތާނުގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ސުލްހައިގެ މަޝްވަރާތައް ވެސް ނިމުނީ ކޯޅެއްގައި ނުޖެހިއެވެ.

އީރާނުން ވަނީ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމުގެ ހައްގު އެގައުމަށް ދިނުމަށް ގޮވާލަމުންނެވެ. މިއާ ވިދިގެން ޓްރަމް ވިދާޅުވެފައިވަނީ އެފަދަ ފީއެއް  ނަގަން ނުޖެހޭ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *