މިދަނީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވަމުން: އީރާން

ޟަމްރަތު އަހްމަދު
އޭޕްރިލް 14, 2026

މިހާރު މެދުކަނޑާލައިފައިވާ ހަނގުރާމަ އަލުން ފެށުމަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. އިރާން އަސްކަރިއްޔާގެ ބްރިގޭޑިއަރ ޖެނެރަލް ރޭޒާ ތަލޭއީ ނިކް ވިދާޅުވީ، ހަނގުރާމަ އަލުން ފަށަންވާއިރަށް އީރާނުން އަންނަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ.

އޭނާ ވިދާޅުވީ ހަނގުރާމައަށް ބޭނުންވާ ހަތިޔާރުގެ އިތުރުން ހަނގުރާމައިގެ ފަހުގެ އުކުޅުތަކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ އިތުރުން ހަނގުރާމައަށް ބޭނުންވާ ލޮޖިސްޓިކަލް ސަޕޯޓް ވެސް ޑިފެންސް މިނިސްޓްރީން ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައަށް ބޭނުންވާ ވަރުގަދަ މިސައިލްތަކާއި، ޑްރޯންތަކާއި ބިޔަ ލަޝްކަރާއި، އެހެނިހެން ހަތިޔާރުތައް ވެސް މިހާރުވަނީ ދިގުދެމިގެންދާ ވަރުގަދަ ހަނގުރާމައަކަށް ބޭނުންވާ ވަރަށް ލިބިފައި ކަމަށް އޭނާވިދާޅުވިއެވެ.

އޭވިދާޅުވީ މިކަމުގެ ސަބަބުން ދުޝްމަނުންގެ މައްޗަށް ގަދަވެގަތުމުގެ ގާބިލްކަން ވެސް އީރާނަށްވަނީ ކުރިއަށްވުރެ ބޮޑަށް ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.  އ ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *