ވީނެރާ 13 ގެ ތާރީޚީ ދަތުރު

ޢަބްދުﷲ ސަޢީދު
އޭޕްރިލް 14, 2026

ވީނެރާ 13 އަކީ ޕްލެނެޓް ވީނަސް ނުވަތަ ޒުހުރާތަރި ބަލައި ދިރާސާކުރުމަށްޓަކައި ސޯވިއެޓް ޔޫނިއަނުން (ރަޝިޔާ) އިން ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު އެއް މިޝަނެވެ. ވީނަސް ނުވަތަ ފަޖުރުތަރިއަކީ ސޫރުދަ ނިޒާމުގައި ދެވަނައަށް އިރާ އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. މި ގުރަހަ ހުންނަނީ އަތާރިދު (މާކަރީ) އާއި ދުނިޔެއާ ދެމެދުގައެވެ. ވިނެރާ 13 ވީނަސްއަށް ފޮނުވިއިރު ވެސް އެނގޭ އެއް ހަގީގަތަކީ އެ އުޅަނދު ވީނަސްގެ ބިމަށް ތިރިކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތަނުގެ ގަދަ ހޫނުގެ ސަބަބުން ފަނާވެދާނެ ކަމެވެ. ފުރަތަމަ އުންމީދުކުރެވުނީ ވިނެރާއަށް ވީނަސްގެ ބިމުގައި މަސައްކަތް ކުރާނީ 32 މިނިޓެއްހާއިރު ކަމަށެވެ. ނަމަވެސް އެ އުޅަނދު 127 މިނިޓު ވަންދެން މަސައްކަތްކުރިއެވެ.

ދަތުރު ފެށުން:

ވިނެރާ 13ގެ ދަތުރު ފެށީ 30 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީނަސްގެ ބިމަށް ތިރިކުރުމަށާއި، އެ ޕްލެނެޓްގެ ޖައްވާއި ބިމުގެ ދިރާސާތައް ކުރުމަށް ފޮނުވި އުޅަނދެކެވެ. ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ދަތުރަކަށްފަހު، 1 މާރިޗު 1982 ގައި މިއުޅަނދު ވީނަސްގެ ބިމަށް ތިރިކުރިއެވެ. މި އުޅަނދު ވީނަސްއަށް ތިރިކުރި ސަރަޙައްދަށް ނަން ދީފައި ވަނީ ”ފީބީ ރީޖަން“ (Phoebe Regio) ގެ ނަމުންނެވެ.

ތާރީޚީ ކާމިޔާބީތައް:

ވިނެރާ 13 އަކީ ވީނަސްގެ ފޮޓޯތައް ކުލަކޮށް ދުނިޔެއަށް ފުރަތަމަ ފޮނުވައިދިން އުޅަނދެވެ. ވީނަސްގެ ބިމުގެ ކުލަ ޕެނޮރާމިކް ފޮޓޯތައް ދުނިޔެއަށް ފޮނުވައިދިނުމުން، މި ފޮޓޯތަކުން ވީނަސްގެ ބިމުގައި ހުރި އޮރެންޖް-މުށި ކުލައިގެ ހިލަތަކާއި އުޑުމަތީގެ ކުލަ އިންސާނުންނަށް ފެނިގެންދިޔައެވެ.

ވިނެރާ 13 އިން ވީނަސްގެ ބިމުގެ ދިރާސާއެއް ފުރަތަމަ ފަހަރަށް ކުރިއެވެ. އެ އުޅަނދުގައި ހަރުކޮށްފައިވާ ހިލަބިން ކޮންނަ ޚާއްޞަ އާލާތެއް ބޭނުންކޮށްގެން، ވީނަސްގެ ބިމުން ސާމްޕަލް ނަގައި، އޭގެ ކެމިކަލް މާއްދާތައް ވަނީ ދިރާސާކޮށްފައެވެ. މިއީ ވީނަސްގެ ބިމުން މިފަދަ ދިރާސާއެއް ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން ވީނަސް ޕްލެނެޓުގެ ޖައްވުގައި ހުރި އަޑުތައް ރެކޯޑްކޮށް ދުނިޔެއަށް ފޮނުވައިދިނެވެ.

ގޮންޖެހުންތައް:

ވީނަސްގެ ބިމަކީ އިންތިހާއަށް ހޫނުގަދަ ތަނެކެވެ. ވީނަސްގައި ގާތްގަނޑަކަށް 457 ޑިގްރީ ސެލްސިއަސް ހުންނަ ކަމާއި ވައިގެ ފިއްތުން ނުވަތަ ޕްރެޝަރު ވަރަށް ގަދަކަން ފާހަގަކުރެވެއެވެ. މިއީ ދުނިޔެއަށްވުރެ 89 ގުނަ ހޫނު ގަދަ ޕްލެނެޓެކެވެ. މިފަދަ ހޫނުގަދަ މާޙައުލެއްގައި އުޅަނދެއް ގިނަވަގުތު ހަލާކުނުވެ ހުރުމަކީ އޭރުގެ ޓެކްނޮލޮޖީއަށް ބަލާއިރު ބޮޑު ކާމިޔާބީއެކެވެ.

ނަތީޖާ:

ވީނެރާ 13 ގެ ދަތުރުން ލިބުނު މަޢުލޫމާތަކީ އެ ޕްލެނެޓްގެ ޖައްވީ ހާލަތު ދެނެގަތުމަށް ސައިންސްވެރިންނަށް ލިބުނު ވަރަށް އަގުހުރި މަޢުލޫމާތުތަކެކެވެ. މިއަދު ވެސް މި މި ޝަނަކީ ފްލެނެޓްތައް ހޯދާބެލުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ސަފުހާއެކެވެ.

މި އުޅަނދު އުފެއްދުމުގައި ހަރަކާތްތެރި ކޮންމެ އިންޖިނިއަރަކު ވެސް ވީނަސް (Venus) ގްރަހުގެ މާހައުލުން އެ އުޅަނދަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގެއެވެ. ސަލްފިއުރިކް އެސިޑްގެ ވިލާތަކަކީ ދަގަނޑު ފަދަ މައުދަންތައް ފީކޮށްލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެފަދަ ނުރައްކާތެރި މާހައުލެއްގައި މަދު މިނެޓްކޮޅަކަށް ނަމަވެސް އޮތުމަކީ އިންޖިނިއަރިންގްގެ ރޮނގުން ހޯދޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *