މެދުއިރުމަތީގައި ޒަޔަނިސްޓު ދައުލަތުން ހިންގަމުން ގެންދާ އިންސާނިއްޔަތު ކަމާ ޚިލާފު އަމަލުތަކަށް ދެކޮޅުހެދި 6 ގައުމަކަށް އީރާމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޝުކުރު އަދާ ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ މީހުންގެ ތަހުޒީބުކަން ފެނިގެންދަނީ ތާރީޚީ ނާޒުކު ވަގުތުތަކުގައި ކަމަށެވެ. ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާ ދެކޮޅު ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ސްޕެއިނާއި، ޗައީނާއި، ރަޝިޔާއި، ތުރުކީ ވިލާތާއި އިޓަލީ ވިލާތާއި، މިސްރު ހިމެނެއެވެ. އިޒްރޭލޭ ދެކޮޅަށް މިގައުމުތަކުން ”ގެންގުޅުނު ސިޔާސަތުތަކަކީ އެ ޤައުމުތަކުގެ ސަގާފީ އަދި ތާރީޚީ އަސާސްތަކުގެ ތެރެއިން އުފެދިފައިވާ ސިޔާސަތުތަކެކެވެ.“ ޕެޒެޝްކިޔަން ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އޯޑަރުތައް ނުނަށާ ގައުމުތައް މިހާރުއަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހޮރްމުޒު ކަނޑުއޮޅި މައްސާލާގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އިނގިރޭސީންނާއި އަދިވެސް ބައެއް ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.






