ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުވާނޭ ކަމަށް އުންމީދު ކުރެވޭ: އީރާނު

މުހައްމަދު އަލީ
އޭޕްރިލް 16, 2026

ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ސަރަހައްދީ ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާއީ،  ގަތަރާއި އޮމާންއާއެކު އޮންނަ ގުޅުން ރަނގަޅުކޮށް އެގައުމުތަކަށްދޭ ހަމަލާތައް ހުއްޓާލުމާ ބެހޭ އެއްބަސްވުމެއް ހެދުމާ ބެހޭގޮތުންވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ ސަރަހައްދުގެ އެކިދިމަދިމާގައި އެމެރިކާއިން އަސްކަރީ ފޭލިގެތައް ޖަހައިގެން ތިބޭތިބުމަކީ ސަލާމަތްތެރިކަމެއް އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، އެމެރިކާ ސިފައިންގެ ސަބަބުން އުފެދެނީ ހަމަނުޖެހުންތައް ކަމަށް ވެސް ވިދާޅުވިއެވެ. ސަރަހައްދުގައި ނުތަނަވަސްކަން އުފެދޭ އެންމެބޮޑު ސަބަބަކީ ވެސް އެމެރިކާ ސިފައިން އެސަރަހައްދުގެ  ގައުމުތަކުގައި ތިބޭތިބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ޙާޞިލުކުރެވޭނީ، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަމެއް އޮވެގެން،“ އޭނާ ވިދާޅުވިއެވެ. އެމެރިކާ އާއި އިޒްރޭލުގެ ސަރުކާރުން އެހެން ގައުމުތަކަށް ހަމަލާ ދިނުމަށް އަވަށްޓެރި ގައުމުތަކުން ފުރުސަތު ދީގެންނުވާނޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބަޤާއީ ވިދާޅުވީ އަވަށްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހި ކުރުމަށް އީރާނުން އަބަދުވެސް މަސައްކަތް ކުރާނޭ ކަމަށެވެ. އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާ އާއި އިޒްރޭލުން އެ ގައުމުތަކުގެ އެއްގަމާއި ކަނޑު އަދި ވައިގެ މަގުތައް ބޭނުން ކުރުމުގެ ހުއްދަ ދިން ބައެއް ގައުމުތަކާ މެދު އީރާނުން ކަންބޮޑުވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ގަލްފު ސަރަހައްދުގައި އެމެރިކާއިން ގެންގުޅޭ ހިސާރު ކުރުމާބެހޭ ގޮތުން ތަރުޖަމާނު ވިދާޅުވީ އެއީ އެމެރިކާއިން އީރާނަށް ހުރަސް ނޭޅޭނޭ ކަމަށެވެ. އޭނާ ވިދާޅުވީ ޑިޕްލޮމަސީގެ ތެރެއިން އެމެރިކާއަށް ނަތީޖާ ނުލިބިއްޖެ ނަމަ، ޕްރެޝަރު ކޮށްގެން ވެސް އެމެރިކާ ބޭނުންގޮތަކަށް އެކަން ކުރުމަށް ބާރުއަޅާ ކަމަށްވެސް ވިދާޅުވިއެވެ. އެމެރިކާގައިން ގަލްފުގައި މިހާރު ހިންގަނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އީރާނުން އަންނަނީ ވަރަށްގާތުން ކަންކަން ބަލަމުން ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *