އިރާގުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީއާ ދެމެދު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ފޯނުން ކުރިއަށް ގެންދެވި މިމަޝްވަރާތަކުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާމެދު މަޝްވަރާ ކުރައްވައިފައެވެ. އަދި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސް ކަމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި މަޝްވަރާގައި އަރަގްޗީ ވަނީ މިދިޔަ މާރިޗް މަހުގެ ފަހުކޮޅު ބަރްޒާނީގެ ގެކޮޅަށް ދިން ޓެރަރިސްޓް ޑްރޯން ހަމަލާ ކުށްވެރި ކުރައްވައިފައެވެ. އަދި ބަރުޒާނީއަށް ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށް އެދޭކަމަށްވަނީ ވިދާޅުވެފައެވެ.






