އީރާނުގެ ފޮރިން މިނިސްޓަރު ތިންގައުމަކަށް ވަޑައިގަންނަވަނީ

އަހުމަދު މުހައްމަދު
އޭޕްރިލް 24, 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ތިން ގައުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނެފިއެވެ.

އޭނާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނަށާއި، އޮމާނަށާއި، ރަޝިޔާއަށެވެ. އޭނާގެ އަރިހުގައި އީރާނުގެ އިސްވަފުދެއް ބައިވެރިވާނޭ ކަމަށްވެސް އިރްނާއިން ވަނީ ބުނެފައެވެ. އޭނާގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި މި ގައުމުތަކުގެ އިސްވެރީންނާ ބައްދަލު ކުރައްވައި ސަރަހައްދުގެ މިހާރުގެ ހާލަތާއި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު އެބޭފުޅުންނަށް ދެއްވައި މަޝްވަރާ ކުރައްވާނޭ ކަމަށްވެސް އިރްނާއިން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *