އީރާނުގެ ފޮރިންމިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ

ނޫސްވެރިން ޝަހީދު ކުރުމަކީ ހަމައެކަނި ޖަރީމާއެއް ނޫން: އިރާން

އަހުމަދު މުހައްމަދު
އޭޕްރިލް 24, 2026

އިޒްރޭލުން ލުބްނާނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލުމުން އީރާނުން އެކަން ވަރަށްބޮޑަށް ކުށްވެރި ކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވިދާޅުވީ ނޫސްވެރިން މަރާލުމަކީ ހަމައެކަނި ހަނގުރާމައިގެ ޖަރީމާއެއް ނޫން ކަމަށެވެ. އެއީ އަނިޔާވެރި ގޮތެއްގައި އާބާދީތައް ނައްތާލައި ބިންތައް ފޭރިގަތުމުގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިޔާ ”އަމާލް ޚަލީލަކީ ހަމައެކަނި ނަމެއް ނޫން. އެއީ އަނިޔާވެރި ވެރިކަމުގެ އަނިޔާވެރި އަމަލުތަކުގެ އަޑު އުފުލި ބޭފުޅެއް. އޭނާ ޝަހީދުކޮލުމުން ކުރީގެ ނޫސްވެރިން ފަދައިން އެ އަޑުވެސް މިހާރު ވަނީ ހިމޭން ކަމުގެ ތެރެއަށް ވަދެގެންގޮސްފައި،“ ބަޤާއީ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އަޚްލާގީ ގޮތުންނާއި ގާނޫނީ ގޮތުން މުޅި ދުނިޔެ އަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ލުބްނާނުގެ ހުރިހާ ރައްޔިތުންނަށާއި، ތެދުވެރިކަމާއި އިންސާފާއި އިންސާނިއްޔަތަށް އިހުތިރާމް ކުރާ އެންމެންނަށް ތައުޒިޔާ ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލްޖަޒީރާ އިން ބުނި ގޮތުގައި ނިމިދިޔަ ހަނގުރާމައިގެ ދުވަސްވަރު އިޒްރޭލުގެ ވަޓްސްއެޕް ނަންބަރަކުން ޚަލީލަށް އިންޒާރު ދީފައިވާ ކަމަށެވެ. އިންޒާރުގައި ބުނެފައިވަނީ އޭނާގެ ބޯ ކޮނޑުމަތީގައި ބަހައްޓަން ބޭނުން ނަމަ ރިޕޯޓް ކުރުން ހުއްޓާލަން ނުވަތަ ލުބްނާނުން ދޫކޮށްފައި ދިއުމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *