ބައިނަލްއަގުވާމީ ވައިގެ ދަތުރު ފަށަން އީރާނުން ނިންމައިފި

އަހުމަދު މުހައްމަދު
އޭޕްރިލް 24, 2026

ހަނގުރާމައިގެ ސަބަބުން މިހާރު ހުއްޓިފައިވާ އީރާނުގެ ގައުމީއެއަރލައިންގެ ދަތުރު މާދަލާ އަލުން ފަށަން ނިންމައިފިއެވެ.

މިދަތުރުތައް ފަށާނީ ތެހެރާންގެ އިމާމް ޚުމޭނީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ދަތުރުތައް އަލުން ފަށާއިރު، ފުރަތަމަ މަންޒިލްތަކުގެ ތެރޭގައި އިސްތަންބޫލާއި މަސްކަޓު ހިމެނެއެވެ.

އިމާމް ޚުމޭނީ އެއާޕޯޓް ސިޓީގެ ސީއީއޯ ރާމީން ކަޝެފް އަޒާރު އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އިލްނާ) އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާތަނަށް ވަނީ އިސްތަންބޫލާއި މަސްކަޓަށް ދެކޮޅު ދަތުރު ކުރުމުގެ ހުއްދަ ލިބިފައި ކަމަށެވެ.

”މިހާރުވަނީ ހުރިހާ އިންފްރާސްޓްރަކްޗަރ އާއި ނޭވިގޭޝަން ސިސްޓަމްތައް ފުރިހަމައަށް އޮޕަރޭޝަނަށް ގެނެވިފައި. ދަތުރުތައް އަލުން ފެށުމަށް އެއްވެސް މައްސަލައެއް ނެތް،“ އޭނާ ވިދާޅުވިއެވެ.

އީރާނުން ވަނީ މިހަފްތާ ކުރީކޮޅު އެގައުމުގެ އެތެރޭގެ އުދުހުންތައް އަލުން ފަށައިފައެވެ. އެތެރޭގެ އުދުހުންތައް ފެށުމުގެ ގޮތުން ތެހެރާނާއި މަޝްހަދާ ދެމެދު ފުރަތަމަ ފްލައިޓް ބާއްވާފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. މި ދަތުރުތައް މަޑުމަޑުން އިތުރުކޮށް އާންމު ހާލަތަށް ބަދަލުކުރަމުން ގެންދާނޭ ކަމަށް އީރާނުގެ ގައުމީ އެއަރލައިނުން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *