އެމެރިކާ އިން އީރާނަށް ދޭ އަސްކަރީ އިންޒާރުތައް ކުށްވެރިކޮށް ލަންޑަނުގެ މަގުތަކަށް އެއްވެ ހަނގުރާމައާ ދެކޮޅު އެކްޓިވިސްޓުންނާއި އެކަމާ ކަންބޮޑުވާ މީހުން އިހުތިޖާޖު ކޮށްފިއެވެ.
މި އިހްތިޖާޖުގައި އީރާނުގެ މަދަނީ އެކްޓިވިސްޓުންނާއި، ހަނގުރާމައާ ދެކޮޅު ޖަމާއަތްތަކާއި، އިޖްތިމާޢީ އެކި ފަންތީގެ މީހުން ވަނީ އީރާނުގެ ސަރުކާރަށް ތާއިދުކޮށް އެމެރިކާއާ ދެކޮޅު އަޑުއުފުލައިފައެވެ.
މި މުޒާހަރާގެ ބައިވެރިން އެއްވެ މުޒާހަރާ ކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައެވެ. މުޒާހަރާގެ ބައިވެރިން މުޒާހަރާކާ ކުރަމުންދިޔައީ އީރާނުގެ ދިދަތައް ހިފައިގެން ތިބެއެވެ. އަދި އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި ޝަހީދުވި 168 ކުދިންގެ ފޮޓޯ ވެސް އެމީހުން ގެންގުޅުނެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ އެމެރިކާ އާއި އިޒްރޭލުގެ ސަރުކާރުން ހިންގަމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށެވެ. އެހެން ކަމުން އީރާނާ ދެކޮޅަށް އެމެރިކާ-އިޒްރޭލް ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ބައިވެރިން ވަނީ ގޮވާލާފައެވެ.






