މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހެވެ. މިއަދާ ގުޅިގެން ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ނޫސްވެރީންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.
”ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިދުވަހު އަޅުގަނޑުމެންގެ ނޫސްވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވަން. ތިޔަ ބޭފުޅުންގެ މަސައްކަތަކީ މުހިންމު މަސަައްކަތެއް،“ އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރީންގެ މަސައްކަތް ކިތައްމެ މުހިންމު ކަމަށް ވިޔަސް ގިނަ ފަހަރަށް އެމަސައްކަތް ކުރަން ޖެހިފައިވަނީ ދަތިކަމާއި ބޮޑެތި ޕްރެޝަރުގެ ތެރެއިން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ނޫސްވެރީންނަށް އޮތްކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހުރިހާ މީޑިއަމް ތަކާމެދު ހަމަހަމަ ގޮތެއްގައި އަމަލުކުރޭތޯ ބެލުމަކީ ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ”މިނިވަން ނޫސްވެރިކަމަކުން އަޅުގަނޑުމެން އެންމެންނަށް ހަގީގަތުގައި ފައިދާ ކުރާނެ. ފަސްޖެހުމެއްނެތި އަޅުގަނޑުމެންގެ ޤައުމަށް ތިޔަ ދެއްވާ ޚިދުމަތްތަކަށް ފަށްފަށުން ޝުކުރިއްޔާ،“ ފައިސަލް ނަސީމް ވިދާޅުވެފައި ވެއެވެ.






