ސައްޕެ މީހަކާ ސަލާން ކުރައްވަނީ

ތިނަދޫން އަދިވެސް ފެންނަނީ އެމްޑީޕީވަންތަ ކަމުގެ ހިތްވަރު: ސައްޕެ

މުހައްމަދު އަލީ
މެއި 20, 2026

ގދ. ތިނަދު އަކީ އެމްޑީޕީ އުފައްދައި ވުޖޫދުކުރުމުގައި ހިއްވަރާ ޖޯޝާއެކު އާދަޔާޚިލާފު ޙަރަކާތްތަކެއް ފެނިގެންދިޔަ ރަށެއް ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

ސައްޕެ ވިދާޅުވީ އެ ހިތްވަރާއި ޖޯޝު އަދިވެސް އެއްވެސް ފަނޑުވުމެއްނައިސް އެގޮތުގައި އެރަށުން ފެންނަމުންދާ ކަމަށެވެ. އެކަމަށްޓަކައި ޝުކުރުވެރިކަމާއެކު ތިނަދޫ ރައްޔިތުންނަށް ހިތްވަރު ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ”ކަމެއް ހާސިލްވަނީ އެއް ހިތްވަރެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން. ތިނަދޫ ރައްޔިތުން އެތިބީ އެގޮތުގައި. ތިނަދޫގެ މުސްތަގުބަލަށް ކުރެވޭ އުންމީދު އަދިވެސް ދަނީ އިތުރުވަމުން. އެމްޑީޕީގެ ވެރިކަމެއްގައި ތިނަދޫ ފެނިގެންދާނީ މާތަނަވަސްކޮށް އިރާދަކުރެއްވިއްޔާ،“ ސައްޕެ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަނަކަށް ރައީސް ނަޝީދު ގެންނެވުމަށް ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރާއި ކައުންސިލްގެ ބައެއް މެންބަރުންނާއި، ޑަބްލިޔުޑީސީގެ ބައެއް މެންބަރުން ތާއީދު ކުރައްވަން ނިންމެވުމުންނެވެ.

އެކްގައި ކުރެއްވި ޕޯސްޓެއްގައި ސައްޕެ ވިދާޅުވެފައިވަނީ ”އެމްޑީޕީ ”އޮޑީގައި“ ޖަހާފައިވާ ކޮންމެ މޮހޮރަކާއި ކޮންމެ އިސްކުރެއް އަދި ކޮންމެ ގަނޑެއް ޖަހާފައިވަނީ ރައީސް ނަޝީދު ގެ އަތްޕުޅުން ނުވަތަ ރައީސް ނަޝީދު ހުންނަވައިގެން ކަން އެއީ ތިނަދޫ ރައްޔިތުން ފަދައިން ، މުޅިރާއްޖޭގެ އެންމެހައި ރައްޔިތުން ދަންނަ ޙަޤީޤަތެއެއް،“ ކަމަށެވެ.

ބޮޑު ތިލަދުން މައްޗާއި، ބޮޑު ދެކުނާއި، މެދުރާއްޖޭގެ އަތޮޅުތަކުންވެސް އަދި އެހެން ރަށްރަށުންވެސް ފެނިގެންދަނީ މިޙަޤީޤަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *