ނިއުކްލިއަރ ސަބްމެރިންބަނުމަށް އިންޑިއާއިން ހުއްދަ ދީފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 12, 2024

ޗައިނާގެ އަސްކަރީ ބާރާ ކުރިމަތިލުމަށް އިންޑިއާގެ ކެބިނެޓުން މުހިންމު ދެކަމެއް ފާސްކޮށްފިއެވެ. އެއިން އެއް ކަމަކީ އިންޑިއާއިން އަމިއްލައަށް ނިއުކްލިއަރ ހަކަތައިން ދުއްވާ ދެ ސެބްމެރިން ބަނުމުގެ މަސައްކަތް ފެށުމެވެ. އަދި އޭގެ އިތުރުން، ދުރު ރާސްތާއަށް ދަތުރު ކުރާ ވައްތަރުގެ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު އެޅި އެމްކިޔު-9ބީ ޕްރިޑޭޓާ ޑްރޯންގެ 31 ޑްރޯން ގަތުމަށް ވެސް ވަނީ ނިންމާފައެވެ.

ބްލޫމްބަރގުން ބުނާ ގޮތުގައި އިންޑިއާއިން ވަނީ މިކަމަށް 4.8 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ.

މި ލިޔުމާ ގުޅޭ