ޕާކިސްތާނުން ކުރިމަތިލާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ދަރަނީގެ ދަތިކަމަކާ ކަމަށް ޕާކިސްތާންގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޑރ. މުރުތާޒާ ސައީދު ވިދާޅުވެއެވެ. ޕާކިސްތާންގެ ދަރަނި އަދާކުރުމަށް ޤައުމުގެ އިގްތިސާދުގެ ބޮޑު އާމްދަނީއަކާއި އެސެޓެއް ބޭނުން ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރައްވައެވެ. އެކަމުގެ ސަބަބުން ސިއްހަތާއި ތައުލީމާއި އިންފްރާސްޓްރަކްޗާއަށް ކުރަން ޖެހޭ މުހިންމު އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅިގެން ދާކަން އޭނާ ފާހަގަ ކުރައްވައެވެ.
ޕާކިސްތާންގެ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ޖީޑީޕީގެ ގާތްގަނޑަކަށް 6 ޕަސެންޓާއި އަދި ޖުމުލަ އާމްދަނީގެ ނިސްބަތުން 65 ޕަސެންޓު ބޭނުން ކުރަން ޖެހެއެވެ. އެހެން ކަމުން އޭނާ ވިދާޅުވަނީ، ޕާކިސްތާނުގެ މާލީ ހަމަޖެހުމަށް އެކަމުން ނުރައްކާވެފައިވާ ކަމަށެވެ.
ޕާކިސްތާނުން އެންމެ ބޮޑަށް އިންވެސްޓް ކޮށްފައި ވަނީ، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) ގެ ދަށުން ނެވެ. އެހެންވެ، ޕާކިސްތާނަށް ވަކިން ޚާއްސަކޮށް ޗައިނާއިން ބޭރުގެ ލޯނުތަކަށް ބަރޯސާވާން ޖެހެއެވެ. އަދި އިންޓަރެސްޓް ރޭޓް ބޮޑުވުމާއި އުދަނގޫ ޕޭމެންޓް ޝެޑިއުލްތަކުގެ ސަބަބުން ޕާކިސްތާނުގެ މާލީ ނާޒުކުކަން އިތުރަށް ނުތަނަވަސް ކޮށްލައެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އިގްތިސާދީ ގޮތުން ޕާކިސްތާނަށް ބޮޑެތި އިސްލާހުތަކެއް ބޭނުން ވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖުކުރުމަށް ޕާކިސްތާނުން ސްޓްރެޓެޖީތައް އެކުލަވާލަން ޖެހެއެވެ. އެފަދަ ސްޓްރެޓެޖީތަކެއް ނެތި ޕާކިސްތާނުގެ އިގްތިސާދީ މުސްތަގުބަލު އޮތީ ބަނަ ކަމެއްގެ ތެރޭގައި ކަމަށް އެފަރާތްތަކުން ލަފާ ކުރެއެވެ.






