ހަސީނާ ހައްޔަރުކޮށްދިނުމަށް އެދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 4, 2024

ބަނގްލަދޭޝްގައި މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބުނެ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އޭނާގެ 69 ބައިވެރިންނާ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފި އެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ހުށަހެޅި ދައުވާގައި ބުނެފައިވަނީ ހަސީނާގެ ކެބިނެޓްގެ މެންބަރުންނާއި ގާނޫނު ތަންފީޒުކުރާ އެކި އިދާރާތަކުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުށްތަކުގެ މިނިވަން ތަހުގީގެއް ހިންގަން ބޭނުންވާ ކަމަށެވެ.

ބަންގްލަދޭޝްގެ ނަސްލުގެ އިނގިރޭސިވިލާތުގެ ވަކީލެއް ކަމަށްވާ މުހައްމަދު އަޝްރަފުލް އާރިފީން ވަނީ ލަންޑަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

އާރިފިން ތުހުމަތު ކުރެއްވި ގޮތުގައި ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ސުލްހަވެރިކޮށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ދިރޭ ވަޒަންތަކާއި ރަބަރު ވަޒަންތަކާއި އަޑުގަދަ ބޮމާއި އެހެނިހެން ފުރާނައަށް ގެއްލުންވާ ޒާތުގެ ހަތިޔާރުތައް ބޭނުން ކުރިއެވެ.

”ހަސީނާގެ މައްޗަށް ދައުވާކޮށް ހައްޔަރު ކުރުމުގެ ބައިނަލްއަގްވާމީ އަމުރެއް ނެރުމަށް ކޯޓަށް ބޭނުންވާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕްތަކާއި ހަސީނާގެ ވެރިކަމުގައި ހިންގި އަނިޔާވެރިކަމާއި ފިއްތުންތަކުގެ ރެކޯޑްތައް ހިމެނޭ ގިނަ ހެކިތައް ހުށަހަޅާފައި ވާނެ،“ އާރިފީން ވިދާޅުވި އެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ވަކިވަކި ފަރުދުން ހުށަހަޅާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕީޖީއަށް ތަހުގީގުތައް ފެށުމުގެ ހުއްދަ ދީފައިވާ ރޯމް މުޢާހަދާގެ 15 ވަނަ މާއްދާގެ ދަށުންނެވެ.

މި ލިޔުމާ ގުޅޭ