ޔަހޫދީ އަސީރުން މިނިވަން ވުމުގެ ފުރުސަތު ކުޑަ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 4, 2024

ހަމާސްއިން ހައްޔަރުކޮށްފައިވާ ހަނގުރާމައިގެ އަސީރުން ކަމަށްވާ ޔަހޫދީން މިނިވަން ކުރުމުގެ ފުރުސަތު ހަނިކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ބުނެއެވެ. އިޒްރޭލުގެ މޮސާޑް އިންޓެލިޖެންސް ސާވިސްގެ ވެރިޔާ ޑޭވިޑް ބާނިއާ ބުނަނީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް ބޭނުންވާ ގޮތަށް ވާހަކަތައް ގެންދިއުމަށް ނަތަންޔާހޫ އެމީހުންނަށް ހުއްދަ ދީފައި ނުވާ ކަމަށެވެ.

ޣައްޒާގައި ހިފަހައްޓާފައިވާ ޔަހޫދީ ހަނގުރާމައިގެ އަސީރުންގެ އާއިލާތަކާ ވާހަކަ ދައްކަމުން އޭނާ މިވާހަކަ ބުނި ކަމަށް އިޒްރޭލު މީޑިއާއިން ބުނެ އެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި އިޒްރޭލުގެ އަސީރުންގެ ބައެއް އާއިލާތަކާ ބައްދަލުކޮށް ހަމާސްއާ އެކު ހަދާ އެއްބަސްވުމަކުން އަސީރުން މިނިވަން ކުރުމަށް ފުރުސަތު އޮތް ކަމަށް އޭނާ ބުނިކަމަށްވެސް އިޒްރޭލުގެ ޗެނަލް 12 އިން ބުނެ އެވެ.

މިސްރާއި ޤަތަރުން ބައިވެރިވާ ވާހަކަތަކުގައި ހަމާސްއިން ބޭނުން ވަނީ ޒަޔަނިސްޓުންގެ ހަމަލަތައް ހުއްޓާލައި ޔަހޫދު ސިފައިން ޣައްޒާއިން ބޭރުކުރާ ށެވެ. އިޒްރޭލުން އެކަމަކަށް އެއް ބަހެއް ނުވެއެވެ. އޭގެ އިތުރުން މިސްރުންވެސް ވާހަކަ ދައްކާއިރު ބައެއް ފަހަރަށް އިޒްރޭލު ކޮޅަށް ކުޅޭ ކަމަށްވެސް ޙަމާސް މަސްއޫލުވެރިން ވިދާޅުވެއެވެ.

”މިވަގުތު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ކުޑަ، ސަބަބަކީ ހަމާސް އިން ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅާތީ،“ ބާނިއާ ބުންޏެވެ.

މިދިޔަ ހަފްތާގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވަނީ ބޭކާރު ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭނާ ހުށަހަޅާފައި ވަނީ އިޒްރޭލާއި ހަމާސްއާ ދެމެދު ދެ ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލާށެވެ.

މި ލިޔުމާ ގުޅޭ