މިދިޔަ މަހު ވައިރަލް ވެގެން ދިޔަ ޓިކްޓޮކް ވީޑިއޯއަކުން ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ޝަންވޭ ޒޫގައި ޕަންޑާތަކަކާއެކު މީހަކު ފޮޓޯއެއް ނެގި މަންޒަރު އާންމުވިއެވެ. އެކަމަކު ފަހުން އެނގުނީ އެއީ ހަގީގީ ޕާންޑާތަކެއް ނޫން ކަމަށެވެ. އެއީ އެ ވައްތަރު ހެދުން ލައިގެން ތިބި މީހުން ކަމަށް މީޑިއާއިން ބުންޏެވެ.
ފުރަތަމަ ޒުލުން އެކަން އިންކާރު ކުރުމަށް ފަހު ޒުލުގެ އޮފިޝަލުން ވަނީ އެ ޒުލުގައި އަސްލު ޕަންޑާތަކެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. މެއި މަހު ޓައިޒޯ ޒޫގައިވެސް އެފަދަ މައްސަލައެއް ދިމާވިއެވެ. އެކަންވެސް މީޑިއާގެ އެއީ ދުނިޔޭގެ ސަމާލުކަން ހޯދިއެވެ.
ޒޫގެ މުވައްޒަފުންގެ އޮޅުވާލުން ފިޔަވައި، މި ހާދިސާއިން އަލިއަޅުވާލަނީ ބޮޑު އެހެން މައްސަލައެއް ކަމަށްވާ ޗައިނާގެ ފޭކު މުދާ އުފެއްދުމުގެ ބޮޑު ވަގު ސިނާއަތެވެ.
2020 ވަނަ އަހަރު އޯއީސީޑީން ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި ޗައިނާއިން އުފައްދާ ވަގު މުދަލާއި އެއިން ކުރާ ވަގު ވިޔަފާރިގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.
ލަގްޒަރީ ބްރޭންޑްތަކުން ފެށިގެން މަގްބޫލު ބްރޭންޑް ތަކުގެ ބޭސް އުފެއްދުންތަކަށް ވެސް މި ކަމުން އަސަރު ކުރެ އެވެ. ޔޫރަޕިއަން ޔޫނިއަންއަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، އަހަރަކު 16 ބިލިއަން ޔޫރޯގެ ގެއްލުން ލިބި، 200،000 މީހުންގެ ވަޒީފާގެ ނުރައްކާ ވާކަމަށް ޔޫރަޕު ޖަމާއަތުން ނެރެފައިވާ ރިޕޯޓެއްގައި ބުނެއެވެ.
މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ވަގު މުދާ އުފެއްދާ ވަރަށް އުފައްދަމުން ދެއެވެ. އަދި އޮންލައިންކޮށް އެ މުދާ ވިއްކުން އާންމުވެ އެފަދަ މުދާތައް މަގްބޫލު ވެފައިއެވެ.






