Mohamed Muizzu, President of the Republic of Maldives, addresses the general debate of the General Assembly’s seventy-ninth session.
އދ. މަޖިލީހުގައި ރައީސް ތަގުރީރު ކުރައްވަނީ/ފޮޓޯ ރައީސް އޮފީސް

ފަލަސްތީނު ހަނގުރާމަ ހުއްޓާލުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މުހައްމަދު އަލީ
ޖެނުއަރީ 15, 2025

އިޒުރޭލުން ފަލަސްތީނަށް ދެމުންގެންދިޔަ ހަމަލާތައް ފަނަރަ މަސް ފަހުން ނަމަވެސް ހުއްޓާލުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހަނގުރާމަ ހުއްޓާލަން އެއްބަސްވި ޚަބަރު ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށެވެ. މިކަން މިހެންވާން މެދުވެރިވުމަށް މަސައްކަތްކޮށްދިން ގައުމުތަކުގެ މަސައްކަތް ރާއްޖެއިން ބަލައިގަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށްފަހު އެކަން ދެމެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އަދި ހަނގުރާމައިގެން ސަބަބުން ގައުމު ދޫކޮށްފައި ގޮސްފައިވާ މީހުންނަށް އެނބުރި ގައުމަށް އާދެވޭނޭ ގޮތް ހެދުމަށާއި، އިންސާނީ ހައްގުތައް ފޯރު ކޮށްދިނުމަށް ގޮވާލައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްތީން އަލުން ބިނާކުރުމުގެ މަސައްކަތް ވެސް ފަށަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިހަނގުރާމައިގައި ފަންސާސް ހާހާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

މި ލިޔުމާ ގުޅޭ