މާޒު ސަލީމަށް މަރުގެ އިންޒާރު، ފުލުހުން މައްސަލަ ބަލަން ފަށައިފި

މުހައްމަދު އަލީ
ޖެނުއަރީ 16, 2025

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ސަލީމް (މާޒު ސަލީމް) އަށް މަރުގެ އިންޒާރުތަކެއް ދޭން ފެށުމުން އެ މައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ”މި މައްސަލާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،“ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒު ސަލީމަށް މަރުގެ އިންޒާރު އަންނަނީ ފޯންކޯލްތަކުންނާއި މެސެޖުން ކަމަށެވެ. މި ކޯލްތަކާއި މެސެޖުތައް އަންނަނީ އެއްފަރާތަކުން ކަމަށް ވެސް ސަލީމާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ސަލީމަށް މަރުގެ އިންޒާރު ދެން ފެށުމުން އޭނާ ރޭ ދަންވަރު ވަނީ ފުލުހަށް ގޮސް އޭނާގެ އަތުގައިހުރި ހެކިތައް ފުލުހުންނާ ހިއްސާކޮށްފައި ކަމަށް ވެސް އޭނާއާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

މި ލިޔުމާ ގުޅޭ