ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެމިނިސްޓްރީން ކަމަށެވެ. ކަދުރު ދޫކުރާނީ ބަލައި އަންނަ ތަރުތީބުންނެވެ. ކޮންމެ ގޭ ބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެއް ޕެކެޓު ކަދުރެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައިގެންނެވެ. އެގޭ ބިސީއަކުން ކަދުރާ ހަވާލުވާން މިނިސްޓްރީއަށް ހާޒިރުވާއިރު އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންޖެހެއެވެ. ކަދުރު ހަވާލުކުރާނީ އެ ކާޑަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ވިހި ކަނަވަރީން ފެށިގެން ހައެއް ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.
މިފަހަރު ސަޢުދީން ވަނީ ރާއްޖެއަށް ފަންސާސް ޓަނު ކަދުރު ހަދިޔާ ކޮށްފައެވެ.






