އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
ފެބްރުއަރީ 16, 2025

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ސޯސަންގޭ، މުހައްމަދު ނައުޝާދު (42އ) އާއި ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހު (46އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މީހުން ހައްރުކޮށްފައިވަނީ ރޭ ދަންވަރު 2:39 އެހައިކަންހާއިރު އެވެ. ހައްޔަރު ކޮށްފައިވަނީ މާވެޔޮމަގު ކަންމަތީންނެވެ. ”މާވެޔޮމަގުގެ ކަންމަތީގައި އުޅުނު ދެ ފިރިހެނަކު (ސިފަ ބަދަލުކޮށްގެން) ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ 2:39 އެހައިކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު ތިބީ އަންހެނުން ހެދުން އަޅައިގެން،“ ފުލުހުން ވިދާޅުވެފައިވެއެވެ.

މި މީހުން ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއްނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ފުލުހުންނަށް އަމުރު ކޮށްފައެވެ. މިމައްސަލަ ތަހުގީގު ކުރަމުންއަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ