ޓިކްޓޮކް ޓީމް އިކޮނޮމިކް މިނިސްޓްރީގެ ޓީމާ ބައްދަލުކުރުން: ފޮޓޯ އިކޮނޮމިކް މިނިސްޓްރީ

ޓިކްޓޮކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކުރެވިިދާނެ ކަމެއްއޮތް ބަލަނީ

މުހައްމަދު އަލީ
އޭޕްރިލް 15, 2025

ޓިކްޓޮކްގެ އިސް ވަފުދެއް މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުގެ ބޭފުޅުންނާ މިއަދު ބައްދަލުކޮށްފިއެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ އެބޭފުޅުން މަސައްކަތްކުރަނީ ޑިޖިޓަލް ”މޮނެޓައިޒޭޝަން“ ގެ އާ މަގުތައް ހުޅުވުމަށްޓަކައި މަޝްހޫރު ގްލޯބަލް ސޯޝަލް މީޑިއާ ނެޓްވޯކެއް ކަމަށްވާ ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަމެއް ދެނެގަތުމަށް ކަމަށެވެ.

ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދެކެވެ. ރާއްޖޭގައި ޓިކްޓޮކް މިހާރުވަނީ އެއްވެސް ކޮންޓްރޯލެއްނެތި ބޭނުންކުރާނޭ ގޮތަކަށް ކުރަން ދޫކޮށްލާފައެވެ. އެތަނުގައި ތިބެގެން ދައްކާ ވާހަކައާއި ކުރާ ޒުވާބާއި ކިޔާ ހުރުބަސްތަކުގެ ސަބަބުން އިޖުތިމާއީ ފޭރާން ކުދިކުދިވެ ބޮޑެތި މައްސަލަ ނިކުމެވެ. އިސްލާމީ ގައުމެއްގައި މިފަދަ ފާޅުކަންބޮޑު ގޮތަކަށް މުންކަރާތްތައް އިތުރުވަމުންދާތީ ކަންބޮޑުވާމީހުން ވެސް ދަނީ އިތުރުވަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *