ފައްޔާޒު ށަވިޔަންޏަށް، ޝާހިދު އަށްޑުއަށް

މުހައްމަދު އަލީ
އޭޕްރިލް 22, 2025

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖޭގެ ދެ އަތޮޅަކަށް މަދަމާ ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ފައްޔާޒު ވަޑައިގަންނަވަނީ ށ. އަތޮޅަށެވެ. ޝާހިދު ވަޑައިގެންނަވަނީ އައްޑޫ ސިޓީއަށެވެ. ފައްޔާޒުގެ ދަތުރު ކުރިއަށްދާނީ އެޕްރީލް 23 އިން 27 އަށެވެ. މިދަތުރުގައި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ފައްޔާޒު ވަޑައިގަންނަވާނެއެވެ.

ޝާހިދުގެ ވެސް އައްޑޫގެ ހުރިހާރަށަކަށް ވަޑައިގަންނަވާނެއެވެ. ޝާހިދުގެ ދަތުރު ކުރިއަށްދާނީ 23 އެޕްރީލުން 25 އެޕްރީލަށެވެ.

މިއީ ޕާޓީގެ މެންނަރުންނާ ބައްދަލުކޮށް ޕާޓީގެ ހަރަކާތްތައް މިހާރަށްވުރެވެސް ރަނގަޅަށް ކުރިއަށް ގެންދިއުމާއި ކުރިއަށްހުރި އިންތިޚާބުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ. މީގެ އިތުރުން ސަރުކާރުގެ އަމަލުތައް މިހާރުހުރި ގޮތާބެހޭ ގޮތުން މެންބަރުންނާ މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *