މާލޭގެ ގެއެއްގެ ނުވަވަނަ ބުރިން އެކާވީސް އަހަރުގެ އަންހެން ކުއްޖަކު (ހައްވާ ޔުމްނު ރަޝީދު) ވެއްޓުނުގޮތަކަށް ވެއްޓި އަނިޔާވެއްޖެއެވެ. މިމަހު އަށާރަވަނަ ދުވަހުގެރޭ ފަތިހު ހިނގި މިހާދިސާއަށްފަހު އެ ޒުވާނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ވަރަށްބޮޑެތި އަނިޔާތައް ވަނީ ވެފައެވެ.
މިހާދިސާގެ ފަހަތުގައި ވަނީ ބާރުހުރި ސިޔާސީ ފަރާތްތަކެއް ކަމަށް ބުނެ ރައްޔިތުން ދަނީ ތަހުމަތުތަކެއް ކުރަމުންނެވެ. އޭނާ ވައްޓާލީ ކަމަށް ވެސް އެބަކިޔައެވެ. އެހެނަސް އެކަމުގެ ތުހުމަތު ކުރެވޭ އެކަކުވެސް އަދި ހައްޔަރެއް ނުކުރެއެވެ. އަދި އެމީހުންގެ ޔޫރީން ޓެސްޓު ހަދަން އުޅުމުން އެކަންވެސް ފުލުހުންނާ ވާކަމަކަށް ނުވިއެވެ. އެ އަންހެން ކުއްޖާ ވެއްޓުނުގޮތް ފުލުހުން ކިޔާދޭގޮތަށް ބަލާއިރު އާންމުން އެގޮތެއް ގަބޫލެއް ނުކުރެއެވެ. ”މަންޒަރާ އަޑާދިމައެއް ނުވޭ“
އެންމެފަހުން މިރޭ ޒުވާނުންވަނީ މަގުތަކަށް ނުކުމެ ޔުމްނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. މިރޭ މަގުތަކަށް ނުކުތް ޒުވާނުންގެ އަދަދު ފުދޭވަރަކަށްގިނައެވެ.
މަޖިލިސް މެންބަރު މުހައްމަދު ކުޑޫ ބުނެފައިވަނީ ޒުވާނުން މަގުތަކަށް ނުކުތީ ”ގޮތް ހުސްވެގެން. އާދޭސްކޮށް އަޑު އެ އުފުލަނީ އިންސާފު ނެތީމައި. މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށް ދެރަ ގޮތް ހަދާތީ. މާދަމާ ގައުމާ ހަވާލުވާން ތިބި ޒުވާނުން ގައުމާމެދު މާޔޫސް މިވީ ނާއިންސާފު ބޮޑުވީމާ. އަދުލު އިންސާފު ޤާއިމް ކުރެވެން ޖެހޭނެ،“ ކުޑޫ ބުނެފައިވެއެވެ.






