ޑިސެމްބަރ 23, 2024 12:53

A child walks near members of the Muslim community attending midday prayers at Strasbourg Grand Mosque in Strasbourg on the first day of Ramadan. The Grand Mosque of Paris has fixed the first day of Ramadan as Wednesday, splitting with the French Council of Muslim Religion (Conseil Francais du Culte Musulman or CFCM), which determined it would begin on Tuesday. (Vincent Kessler/Reuters)

މީހާގެ މޮޅުކަމުގެ މިންގަނޑު ކަނޑައެޅޭނީ އަޚުލާގުން

ޑރ. މުޙައްމަދު ޤުބާދު
ސެޕްޓެމްބަރ 12, 2024

މީހަކަށް ލިބިފައިވާ ބާރާއި ނުފޫޒާއި ޖާހާއި މަޝްހޫރުކަމާއި، މުދަލާއި ޢިލްމަކީ، އޭނާގެ މާތްކަމާއި މޮޅުކަމުގެ މިންގަނޑު ކަމުގައި ހަމަ އެކަކުވެސް ނުދެކޭހުށިކަމެވެ.

الله ތަޢާލާ އެކަލާނގެ ނަބިއްޔާ އަށް ތާރީފުގެ ބަސް ވަޙީކުރެއްވުމަށް އެދި ވޮޑިގެންނެވި ހިނދު ވަޙީކުރެއްވި އެވެ. “ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ (سورة القلم4) ހަމަކަށަވަރުން ކަލޭގެފާނުވަނީ، މަތިވެރި ޚުލުޤުފުޅެއްގެ މަތީގައެވެ. މި އާޔަތުގައި އެކަލާނގެ އެކަލޭގެފާނަކީ، މަތިވެރި ޢިލްމުވެރިއެކޭ ނުވަތަ މަތިވެރި ފަންނުވެރިއެކޭ ނުވަތަ ބޮޑު މުދާވެރި އެކޭ ނުވަތަ މަތިވެރި ޝުހުރަތެއްގެ ވެރިއެކޭ ވަޙީއެއް ނުކުރައްވައެވެ. އަދި ކިއެއްތަ! މަތިވެރި ކަމުގެ ސަބަބެއް ކަމުގައި ވަޙީކުރައްވާފައި ވަނީ ހަމަ އެންމެ ކަމެކެވެ. އެއީ އެކަލޭގެފާނުގެ އަޚުލާޤުގެ މަތިވެރިކަމެވެ.

މިއަދުގެ ދުނިޔެއަށް އަޅުގަނޑުމެން ނަޒަރު ހިންގާލީމާ، ހުރިހައިކަމެއް ފިޔަވާ، އެކަލާނގެ ރަސޫލާގެ، މާތް އަޚުލާޤަށް الله ތަޢާލާ، ތާރީފުކުރެއްވުމުގެ ސަބަބު ހާމަވެގެންދެއެވެ. އެއީ އިންސާނުންގެ އަޚުލާޤެއް ނެތުމުން ވާގޮތް ފެންނާތީ އެވެ.

މިއަދު އަޅުގަނޑުމެންނަށް އެކި ރޮނގު ރޮނގުން ޢިލްމީ ފާސްތައް ނަންގަވައިގެން ތިއްބެވި ޢިލްމުވެރިން ފެނެއެވެ. (ދީނީ ޢިލްމުވެރިންނާއި ދުނިޔެވީ ޢިލްތަކުގެ ޢިލްމުވެރިންނެވެ.) ނަމަވެސް އެއުރެންނަކީ، އެހެންނާ ޗޯރުންނެވެ. ނުވަތަ ރިޝްވަތު ނަގާމީހުންނެވެ. ނުވަތަ ފުރުސަތުގެ ފަސްފަހަތުން ދުވާ މީހުންނެވެ. ނުވަތަ ދެފުށް ކެހެރިންނެވެ. ނުވަތަ މަގާމަށް އަޅުކަންކުރާ މީހުންނެވެ.

އިސްލާމީ މުފައްކިރު ޑރ. މުޞްޠަފާ މަޙުމޫދު) ތަރުޖަމާ: މުޙައްމަދު ގުބާދު އަބޫބަކުރު

މި ލިޔުމާ ގުޅޭ