ތުހުމަތުކުރެވޭ 700 އަށްވުރެ ގިނަ މީހުން އިރާނު ސަރުކާރުން ހައްޔަރުކޮށްފި

އިބްރާހީމްް ސަމީރު
ޖޫން 28, 2025

އީރާނުން ބުނާ ގޮތުގައި އިޒްރޭލުގެ ޔަހޫދީ ޖާސޫސީ އިދާރާގެ އޭޖެންޓުން ވަނީ ސަލާމަތީ ދާއިރާތަކަށް ފޭދިގަނެ، ސިފައިންގެ އިސްވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އެހީތެރިވެފައިވެއެވެ.

މިކަން ކުރިއަށް ގެންގޮސްފައި ވަނީ މޮސާޑުގެ އިރުޝާދުގެ ދަށުންނެވެ.

އީރާނުން ވަނީ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު 3 ޖާސޫސުން ދަންޖައްސާފައެވެ. އަދި ހަނގުރާމަ ހުއްޓުމަށްފަހު އިތުރު 3 ޖާސޫސުން ދަންޖައްސާފައެވެ.

އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ މި ޖާސޫސުން ވެފައިވާ އިޢުތިރާފުތައް ދައްކާފައެވެ.

ޔަހޫދީ ޖާސޫސުންނާ ގުޅިގެން އީރާންގެ ދައުލަތަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 700 އަށްވުރެ ގިނަ މީހުން އިރާނު ސަރުކާރުން ހައްޔަރުކޮށް ފިއެވެ. މިހާތަނަށް މި ޖާސޫސުންގެ ތެރެއިން، 6 މީހުން ދަންޖައްސައި މަރާލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޔަހޫދީން ވަނީ އީރާނު ވުޖޫދުން ފޮހެލުމަށްޓަކައި ޖޫން 13 ގައި އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަތަކެއް ދީ ހަނގުރާމައެއް ފަށާފައެވެ. އިޒްރޭލުން 12 ދުވަހު ހިންގި ހަނގުރާމައިގައި ޔަހޫދީންގެ ގައުމުގެ 77 އަހަރުގެ ތާރީޚުގައި އަރަބިންނަށް މިހާތަނަށް ނުދެވޭ ވަރުގެ ގެއްލުން އީރާނުން ވަނީ ދީފައެވެ.

އިރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ވަނީ މި ޖާސޫސުން އެމެރިކާގެ ސީއައިއޭ، ޔަހޫދީންގެ މޮސާޑު އަދި އިނގިރޭސިންގެ އެމްއައި6 ފަދަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ.

މިމީހުން ވަނީ ޔަހުދީންނާ ގުޅުންހުރި ސޯޝަލް މީޑިއާ ލިންކުތައް ވެސް ބޭނުންކޮށްފައެވެ.

މި ލިޔުމާ ގުޅޭ