މަބުގެ ބާރުގައި ދުއްވާ މަސްނޫއީ އަހެއް އުފައްދައިފި

އިބްރާހީމްް ސަމީރު
ޖުލައި 5, 2025

ޖަޕާނުގެ ސައިކަލު އުފައްދާ ކަވަސާކީ ކުންފުނިން ،މަސްމޫއީ ބުއްދި، މަބުގެ ބާރުގައި ދުއްވާ މަސްނޫއީ އަހެއް އުފައްދައިފިއެވެ. މި ސޮރަށް ދީފައިވާ ނަމަކީ، ކޯލިއޯ އެވެ. ކަވާސާކީން ދައްކާލި ވީޑިއޯއެއްގައި ކޯލިއޯ ވާދީތަކުގައި ދުވެ، ކޯރުތައް ހުރަސްކޮށް، ފަރުބަދަތަކަށް އަރައި، އަދި އުސްތަންތަނުން ފުންމާތަން ދައްކާލައި ފައި ވެއެވެ.

ކޯލިއޯއަކީ ކޯރުތަކާއި ފެންގަނޑުތައް ހުރަސްކޮށް، އޮމާން ދުވެއްޔެއްގައި، ފަރުބަދައަށް އަރައި ފައިބަން ކުޅަދާނަ ރޮބޮޓަކަށް ވާނެ ކަމަށް ކަވާސާކީން ބުނެއެވެ.

މަބުގެ އެހީގައި ދަތި ސަރަޙައްދުތަކުގައި ދަތުރުކުރުމަށް މަގު ދައްކައިދޭ ކޯލިއޯ އެސޮރުގެ ހަރަކާތްތައް ކޮންޓްރޯލު ކުރާނީ ސަވާރީގެ ހަށިގަނޑުގެ ހަރަކާތްތަކަށާއި ބަރުދަނަށް ބަލައިގެންނެވެ. ކޯލިއޯގައި ހަރުކޮށްފައިވާ ސެންސަރުތަކާއި ލޮޅުން ދަމައިގަތުމަށް ހަރުކޮށްފައިވާ ރަބަރު ސެންސަރުން، ތެތް ތަންތަނާއި ވިނަތަކާއި ގަލުގެ މާހައުލުތަކުގައި ހަރަކާތްތަކަށް މުނާސިބު ބަދަލު ގެނަސް ދޭނެއެވެ. އަދި އެސޮރުގެ ފަހަތު ފައިތަކުގައި އިތުރު ހުޅުތަކެއް ހިމަނާފައި ހުރުމުގެ ސަބަބުން ސަވާރީއަށް ހަމަހަމަކަމެއް ގެނަސްދީ ލޮޅުންތައް މަދުކޮށްދެއެވެ.

އާންމު އުޅަނދުތަކާ ޚިލާފަށް ކޯލިއޯ ހަތަރެސްފައި ޖަހާފައި އުޅުމުގެ ސަބަބުން އެހެން އެއްވެސް އުޅަނދަކަށް ނުދެވޭ އުދަނގޫ މާޙައުލުތަކުގައި ދަތުރުކުރުމުގެ ޤާބިލުކަން އެސޮރަށް ލިބިގެން ވެއެވެ. ކަވާސާކީން ކޯލިއޯ ފުރަތަމަ ދައްކާލީ މިއަހަރުގެ އޭޕްރީލް މަހު އޮތް އޮސާކާ-ކަންސާއި އެކްސްޕޯގައެވެ.

ކޯލިއޯ އަކީ 150 ސީސީގެ އިންޖީނުލީ އަހެކެވެ. އެސޮރު ހަލަތަ ލިބިގަންނަނީ ހައިޑްރޮޖަން އިންޖީނަކުން ނެވެ. ކަވާސާކީއަކީ ސައިކަލް އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ.

މި ލިޔުމާ ގުޅޭ