އައި.އެމް.އެފްގެ އެހީތެރިކަން ހޯދުމަށް ޕާކިސްތާނުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 4, 2025

ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ދަށަށް ދިއުމާއި، ފެންބޮޑުވުންތަކުގެ ކާރިސާގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވުމާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ވަފުދެއް މިހަފްތާގައި ވަނީ އެ ގައުމަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި އައިއެމްއެފުން ބަލާނީ 8.4 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމްގެ ދަށުން ޕާކިސްތާނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ.

އައި.އެމް.އެފްގެ މި ޒިޔާރަތްދިމާވަނީ އާމްދަނީ އިތުރުކުރުމާއި، ބަޖެޓް އަރަނި ކުރުން ފަދަ މުހިންމު މާލީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސަރުކާރުން ފެއިލްވެފައިވާ ދަނޑިވަޅެއްގައެވެ.

އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި ޕާކިސްތާން ސަރުކާރުން މާނަހުރި އިސްލާހުތަކެއް ނުގެނެސް، އެންމެ ފަހުން ދޫކޮށްފައިވާ ބެއިލްއައުޓް އެހީގެ ސަބަބުން ވެސް އިޤްތިޞާދީ ހީނަރުކަމާއި ބޭރު އެހީއަށް ބަރޯސާވުން އިތުރުވެގެން ދިޔައީ އެވެ.

ލާހޫރު އަދި އެހެނިހެން ސަރަހައްދުތަކުގައި ކަރަންޓާއި ހަނޑޫ އަދި ހަކުރު ފަދަ އަސާސީ ތަކެތީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ”ކުރިން ލިބޭ އާމްދަނީން ހަފްތާއެއްގެ ކާބޯތަކެތި ގަނެވޭއިރު، މިހާރު ދެ ދުވަހުގެ ތަކެތި ވެސް ގަންނަން ވަރަށް އުނދަގޫ،“ ލާހޫރުގެ ފިހާރައަކުން ތަކެތި ގަންނަން ދިޔަ ފަރާތަކުން ނޭޝަންއާ ވާހަކަ ދައްކަމުން ބުންޏެވެ.

އިގހްތިސާދު ރަނގަޅު ކަމަށް ސަރުކާރުން ތަކުރާރުކޮށް ޔަގީންކަން ދިން ނަމަވެސް، ކުއްލި ހާލަތުގައި ފައިސާ ދޫކުރުމާ ގުޅޭ އިތުބާރުހުރި ތަފާސްހިސާބުތައް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އައި.އެމް.އެފްއާއެކު ކުރެވޭ މަޝްވަރާތަކުގައި ސަރުކާރުގެ ބާރު ކުޑަވެގެން ގޮސްފައިވެއެވެ. ޤައުމީ ބަޖެޓުގެ ތިންބައިކުޅަ އެއްބައި މިހާރު ވަނީ އެންމެ ފަހުގެ ކާރިސާގެ އެހީއަށް ހޭދަކުރެވިފައެވެ. އެހެންނަމަވެސް އެތަކެއް ހާސް ރައްތޔިތުން އަދިވެސް ތިބީ ގެދޮރު ގެއްލި، އެހީއަށް ބޭނުންވެފައެވެ.

އިސްލާމްއާބާދުން މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ދިއުމާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކަކީ ”ބޮޑު ފާރުގަނޑެއްގައި ކުޑަ ބޭސް ކޮޅެއް އެޅުން“ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި ހައްލުތައް ބޭނުން ވެފައިވާ ޓެކްސް ނެގުމާއި، ދަނޑުވެރިކަމާއި، ވެރިކަން ހިންގުމުގައި ހުރި އަސާސީ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ލިޔުމާ ގުޅޭ