މިރޭ ރާއްޖެއަށް ސުޕަމޫން ފެންނާނެ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

މިރޭ އުޑުމަތިން ފެންނަ ސުޕަ މޫން ރާއްޖެއަށް ވެސް ނަލަކޮށް ފެންނާނެ އެވެ. ހާރވެސްޓް މޫންގެ ނަމުން މަޝްހޫރުވެފައިވާ މިއަހަރުގެ ފުރަތަމަ ސުޕަމޫން މިރޭ އިރުއޮއްސޭތާ މާގިނައިރުތަކެއް ނުވެ އުޑުމަތިން ފެންނާނެ އެވެ. އަދި މިރެއާއި މާދަމާ ރޭ ވެސް މި ހަނދު ފެންނާނެއެވެ.

މި ސަރަހައްދުގެ ހުރިހައި ސިޓީއަކަށްވެސް މި ހަނދު ފެންނާނެ ކަމަށް ވެއެވެ.

ސުޕަމޫން އުފެދެނީ ހަނދު އޭގެ އާންމު ހާލަތަށްވުރެ 30 އިންސައްތައާއި ހަމައަށް އުޖާލާވެ ބޮޑުކޮށް ފެންނަ ވަގުތުތަކުގައެވެ.

ސުޕަމޫން އެންމެ ރަނގަޅަށް ފެންނާނީ މިއަދުގެ އިރުއޮއްސޭ ފަހުންނެވެ.

މިއީ ކުރިއަށް އޮތް މަސްތަކުގައި އުޑުމަތިން ފެންނަން ހަމަޖެހިފައިވާ ތިން ސުޕަމޫންގެ ތެރެއިން މަދުން ނޫނީ ނުފެންނަ ތިން ސުޕަމޫންގެ ފުރަތަމަ ހަނދެވެ.

މި ލިޔުމާ ގުޅޭ