އިންޑިއާއާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

އިންޑިއާ އާއި ޗައިނާގެ ގުޅުންތައް ރަނގަޅުވާން ފެށުމުން ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އިންޑިއާ އާއި ޗައިނާގެ ބައެއް ސިޓީތަކުގެ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

ކޯވިޑް ޕެންޑެމިކްގެ ދުވަސްވަރު 2020 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް މެދުކަނޑާލާފައިވާއިރު، ބެއިޖިން އާއި ނިއުދިއްލީގެ ބޯޑަރުގައި ދިގުދެމިގެންދާ ހަމަނުޖެހުންތަކެއް އުފެދުމުން އެ ދަތުރުތައް އަލުން ނުފަށައި މަޑު ޖެއްސީއެވެ.

ޗައިނާގައި ހުންނަ އިންޑިއާގެ އެމްބަސީން ސޯޝަލް މީޑިއާ ޕްލެޓްފޯމް ވީޗެޓްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކަނޑައެޅިފައިވާ ސިޓީތަކުގެ މެދުގައި ދަތުރުތައް އޮކްޓޯބަރު މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ.

މިދަތުރުތައް އަލުން ފެށުމަކީ އިންޑިއާ ސަރުކާރުން ”އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން މަޑުމަޑުން އާންމު ހާލަތަކަށް ގެނައުމަށް އަޅާފައިވާ އުސޫލެއް“ ކަމަށް އެމްބަސީން އިތުރަށް ބުނެފައިވެ އެވެ.

މި ލިޔުމާ ގުޅޭ