ފަލަސްޠީނުގެ ބަޠަލް މަރުވާން ބަރުޣޫތީ މިނިވަންކުރަން ޤަތަރުން މަސައްކަތް ކުރަނީ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 10, 2025

އެމެރިކާގެ އެހީތެރިކަމާއެކު ޤަޠަރުން މަސައްކަތް ކުރަމުންދަނީ ފަތަޙް ގެ އިސްވެރިޔާ ބަޠަލް މަރުވާން ބަރުޣޫތީ، ޔަހޫދީންގެ ޖަލުން ދޫކޮށްލާ މީހުންގެ އެއްބަސްވުމުގައި ހިމެނުމަށެވެ. ޔަހޫދީން ކުރިން އޭނާ ދޫކޮށްލުމަށް އެއްބަސްވެފައިވީ ނަމަވެސް، ފަހުން ވަނީ ޔަހޫދީ އުސޫލުން އެ ނިންމުން ބަދަލުކޮށްފައެވެ.

ޤަޠަރުގެ މެދުވެރިކަމުގައި މިހާރު މަސައްކަތް ކުރަމުންދަނީ ބަރުޣޫތީގެ ނަން އަލުން އެއްބަސްވުމުގައި ހިމެނުމަށެވެ. އެއީ ޣައްޒާގެ އެއްބަސްވުމުގެ މުހިންމުކަމާއި އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެއްކަމަށް ގަތަރު ބުނއެވެ.

މި ލިޔުމާ ގުޅޭ