އިކުއެޑޯގެ ވެރިރަށް ކުއިޓޯގައި ހިނގަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 3،000 އަށްވުރެ ގިނަ ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. މި މުޒާހަރާތައް ކުރިއަށް ގެންދަނީ އިކުއެޑޯގެ އިންޑިޖެނަސް ނެޝަނަލިޓީސް ކޮންފެޑެރޭޝަން (ކޮނާއީ) އިންނެވެ.
މުޒާހަރާކުރާ ފަރާތްތަކުން ދަނީ ޑީސަލްގެ އަގު މައްޗަށް ދިއުމާ ދެކޮޅު ހަދަމުންނެވެ. އަދި އެމީހުން ވަނީ ވެރިރަށް ހިފަން އިންޒާރުދީފައެވެ.
މި މުޒާހަރާތަކުގައި މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ. އަދި 110 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މި ހަފްތާގެ ކުރީކޮޅު ރައީސް ނޮބޯއާގެ މޮޓަރކޭޑަށް ވެސވަނީ ހަމަލާއެއް ދީފައެވެ.






