އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ މުދަލަށް 100 ޕަސެންޓް އިތުރު ޓެރިފްއެއް ނަގާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. އަދި ރައީސް ޝީ ޖިންޕިންއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެއް ކެންސަލް ކުރައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
ޓްރަމްޕްގެ މައްސަލައަކީ އެމެރިކާއިން ޗައިނާއަށް ބަރޯސާވާ ޗައިނާގެ ނާދިރު މައުދަންތައް އެކްސްޕޯޓް ކުރުން ހުއްޓާ ލުމެވެ. އަދި ތްރަމްޕް ވަނީ ބެއިޖިންއާއެކު ކުރިއަށް ގެންދިޔަ ވިޔަފާރީގެ ހަނގުރާމަ އަލުން ކުރިއަށް ގެންދަން ނިންމަވާފައެވެ.
ޓްރަމްޕް ވިދާޅުވީ މި ޓެރިފްތަކުގެ އިތުރުން ހުރިހާ ކްރިޓިކަލް ސޮފްޓްވެއާއެއް އެކްސްޕޯޓު ކުރުން ވސް އެމެރިކާއިން ނޮވެމްބަރު 1 އިން ފެށިގެން ކޮންޓްރޯލު ކުރާނެ ކަމަށެވެ. އަދި ބެއިޖިންގެ ”އާދަޔާ ހިލާފު އުދުވާނީ“ ފިޔަވަޅުތަކަށް ބަދަލު ހިފާނެ ކަމަށެވެ.
”ޗައިނާއިން އެފަދަ ފިޔަވަޅެއް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން، އެކަމަކު އެމީހުން އެކަން ކޮށްފި،“ ޓްރޫތް ސޯޝަލްގައި އޭނާ ވިދާޅުވި އެވެ.






