ސައިކަލެއް ފޭރުނު މީހަކު ބަންދުކޮށްފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 16, 2024

ސައިކަލެއް ފޭރުނު މައްސަލައެއްގައި މީހަކު ބަންދުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދުކޮށްފައިވަނީ މ. މާކަނާ، އަހުމަދު ޝައިރަފް އަބްދުއްރަހީމް ކަމަށެވެ.

އޭނާ މި ޖަރީމާ ހިންގާފައިވަނީ ސެޕްޓެމްބަރ ސާދުވަނަދުވަހު ފަތިހުގެ ވަގުތެއްގައެވެ. ސައިކަލް ފޭރިގެންފައިވަނީ ގުލާބީ މަގުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ އެކަން ކޮށްފައިވާ ގޮތާބެހޭގޮތުން ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ.

އުމުރުން ތިރީސް އަހަރުގެ މި މީހާގެ ބަންދާ މެދުގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންވަނީ ފަނަރަ ދުވަހަށް ބަންދު ކުރުމަށް ފުލުހުންނަށް އަމަރު ކުރައްވައިފައެވެ. މާލޭގައި ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އަމާން ވެއްޓެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވަމަކީ ރައީސް ޑރ. މުއިއްޒު އިސްކަން ދެއްވާކަމެކެވެ.

މި ލިޔުމާ ގުޅޭ