ބޮލީވުޑްގެ އިހުގެ ތަރިންގެ ތެރޭން އެއް ބަޔަކު ހަސްފަތާލުގައި އެނދުމަތި ކުރާއިރު އަނެއް ބަޔަކު ފައި އޮޅިގެން ވެއްޓޭ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
މިއަދު އަނގަ ވަތަށް ވެއްޓުނު އިހުޒަމާނުގެ ތަރިއަކީ ޖީތެންދުރާއެވެ.
ޖީތެންދުރާ އަނގަވަތަށް ވެއްޓުނީ ދާދި އިހައް ދުވަހު މަރުވި ތަރި ސަންޖޭ ޚާންގެ އަންހެނުން ޒާރީން ޚާންގެ ތައުބީން ޖަލްސާއަށް ގޮސް އުޅެނިކޮށެވެ.
މިއަދު ވަނީ ދަރްމެންދްރާއާއި ޕްރެމް ޗޯޕްޅާ ވެސް ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ބުނަނީ ހާލު ސީރިއަސް ނޫން ކަމަށެވެ.
ފަޓާސް ބަރިއެއްހެން އިހުގެ ތަރިން ދަނީ މަރުވަމުންނެވެ.






