އިސްލާމޯފޯބިއާއަށް ސަރުކާރުތަކުން ހިތްވަރު ދެނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 26, 2025

އެމެރިކާއާއި ޔޫރަޕާއި އޭޝިއާގެ ބައެއް ހިސާބުތަކުގައި މި ދުވަސްވަރު މުސްލިމުންނާ ދެކޮޅު އިސްލާމޯފޯބިއާގެ ޝުއޫރުތައް ވަނީ އިތުރުވެފައެވެ. ސިޔާސީ ބޭފުޅުން ވަނީ ބިރުވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް މުސްލިމުން ނުބައި މީސްކުރުން ވަސީލަތެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ. އެގޮތުން މުސްލިމުންގެ މެދުގައި ގަދަރު ދެވިފައިވާ މީހުންނަށް ކުޑައިމީސް ބަސްތައް ރައްދުކޮށް އިހާނެތިކޮށް ހިތުން އާންމު ކަމަކަށް ހަދާފައި ވެއެވެ. އެއާ ޚިލާފަށް ޓެރަރިސްޓް އަމަލުތައް ހިންގާފައިވާ އެމީހުންގެ މުޖުތަމައުގެ މީސްމީހުން ބަޠަލުންގެ ގޮތުގައި ދައްކައި އެމީހުން މޮޅުކޮށްގެން ކުދިންގެ ސިކުނޑި ދޮވުމަށްވެސް މަސައްކަތް ކުރެވެއެވެ.

އެއާ ޚިލާފަށް މުސްލިމުންނަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ބައެއްގެ ގޮތުގައި ސިފަކޮށް ދައްކައެވެ. ޔޫރަޕާއި އެމެރިކާއާއި ދެކުނު އޭޝިއާގައި އެކަން އޮތީ ހަމަ އެގޮތަށެވެ.

ޔޫރަޕްގައި ކޮންމެ ދެ މުސްލިމުންގެ ތެރެއިން އެކަކު ކޮންމެ ދުވަހަކުހެން ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އެމެރިކާގައި އާންމު ވަޒީފާތަކުގައި ދީނީ ރަމްޒުތައް ބޭނުން ކުރުން މަނާކޮށް ހުށަހަޅާ ހުށަހެޅުންތަކަށް ތާއީދު ލިބެއެވެ.

ދީނީ މިނިވަންކަން ހިމާޔަތް ކުރުމަށް ސަރުކާރުތަކަށް އިލްތިމާސްކުރައްވަމުން އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިސްލާމޯފޯބިއާއާ ކުރިމަތި ލުމަށް ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

  • ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މުސްލިމުންނަށް މަލާމާތް ކުރަމުން އޮސްޓްރޭލިއާގެ ސެނެޓްގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ޕައުލިން ހެންސަން ވަނީ މޫނު ބުރުގާ އަޅައިގެން ސެނެޓަށް ގޮސް މުސްލިމުންނަށް މަލާމާތް ކޮށްފައެވެ.
  • ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ޓެކްސަސްގައި އެމރިކާގެ މުސްލިމުންގެ އެންމެ ބޮޑު ޖަމުއިއްޔާ ކެއަރ މަނާ ކުރުމަށް އެ ސްޓޭޓްގެ ގަވަރު ނަރު ނިންމިއެވެ. އެއީ ހަމާސްއަށް ތާއީދު ކުރާތީ ކަމަށް ބުނެއެވެ.
  • މިހަފްތާގައި އެމެރިކާގެ މިޗިގަންގެ ޑިއަރބަންގައި މިސްކިތްތަކުން ބަންގި ގޮވުން މަނާ ކުރުމަށް ބާރު އަޅާފައި ވެއެވެ. އަދި އެ ސިޓީއަށް ސައިކަލުގައި ގުންޑާއިން އައިސް މިސްކިތްތަކަށް ބިރު ދައްކާފައި ވެއެވެ.
  • އިސްލާމޯފޯބިއާގެ 9 ހާހާ ގާތް ކުރާ އަދަދެއްގެ މައްސަލަތައް އެމެރިކާގައި މިފަހުން ރިޕޯޓްކޮށްފައި ވެއެވެ.
  • ޔޫރަޕްގައި 47 ޕަސެންޓް މުސްލިމުން ވަނީ އެމީހުންނާ މެދު ތަފާތުކުރާ ކަމަށް ބުނެފައެވެ.
  • ޖަރުމަންވިލާތުގައި ފުލުހުންގެ ފަރާތުން މުސްލިމުންނަށް ތަފާތު ކުރުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެއެވެ. އަދި މުސްލިމު އަންހެނުންނާ މެދު ތަފާތު ކުރުން 70 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

މުސްލިމުންނާ މެދު އިސްލާމޯފޯބިއާގެ އަމަލުތައް އިތުރުވާއިރު އަދި ސަރުކާރުތަކުންނާއި ސިޔާސީ ޕާޓީތަކުން އެކަމަށް ހިތްވަރު ދޭއިރު މުސްލިމުންނަކީ ދުނިޔޭގެ މީހުން މެރުމުގެ ތަފާސްހިސާބުން ޖާގަ ހޯދާފައިވާ ބައެއް ނޫނެވެ.

  • ފުރަތަމަ ބޮޑު ހަނގުރާމަ ފެށީކީ މުސްލިމުންނެއް ނޫނެވެ.
  • ދެވަނަ ބޮޑު ހަނގުރާމަ ފެށީކީ މުސްލިމުންނެއް ނޫނެވެ.
  • އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ގާތްގަނޑަކަށް 20 މިލިއަން މީހުން މަރާލީކީ މުސްލިމުންނެއް ނޫނެވެ.
  • ނާގަސާކީ އާއި ހިރޮޝިމާއަށް އެޓޮމިކް ބޮން ވައްޓާލީކީ މުސްލިމުންނެއް ނޫނެވެ.
  • ދެކުނު އެމެރިކާގައި 100 މިލިއަނަށް ވުރެ ގިނަ އަސްލު ރަށްވެހިން މަރާލީކީ މުސްލިމުންނެއް ނޫނެވެ.
  • އުތުރު އެމެރިކާގައި ގާތްގަނޑަކަށް 50 މިލިއަން އަސްލު ރަށްވެހިންގެ ޖެނޮސައިޑްތައް ހިންގައި އެމީހުން މަރާލީކީ މުސްލިމުންނެއް ނޫނެވެ.
  • އެފްރިކާގެ 180 މިލިއަނަށްވުރެ ގިނަ މީހުން އަޅުންގެ ގޮތުގައި ރަހީނުކޮށް، %88 މީހުން މަރާލައި ކަނޑަށް އެޅިކީވެސް މުސްލިމުންނެއް ނޫނެވެ.
  • ވިއެޓްނާމް ހަނގުރާމަ ފެށީކީވެސް މުސްލިމުންނެއް ނޫނެވެ.
  • އިރާގް ހަނގުރާމައާއި އަފްޣާނިސްތާން ހަނގުރާމައާއި އޭގެ ކުރިން ސެޕްޓެމްބަރު 11ގެ ހަމަލަ ރާވައި ކުރިއަށް ގެންދިޔައީކީވެސް މުސްލިމުންނެއް ނޫނެވެ.

މި ލިޔުމާ ގުޅޭ