ހިތްވަރުގަދަ އެކްޓިވިސްޓު ޖައުހަރީ ނިޔާވެއްޖެ

މާލޭ އުސްފަސްގަނޑާދިމާ ކަނޑުމަތީން މަރުވެފައި އޮއްވައި މިއަދު ފެނުނީ އެމްޑީޕީން އިސްލާހީ ހަރަކާތް އެންމެ ގަދައަށް ކުރިއަށް ގެންދިޔަ ދުވަސްވަރުގެ ހަރަކާތްތެރިއެކެވެ. އެއީ ހެންވޭރު ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ (ޖޯރޭ) އެވެ. އޭނާގެ އުމުރަކީ ފަސްދޮޅަސް ދެ އަހަރެވެ. ފުލުހުން ބުނެފައިވަނީ މޮި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑިހައެއްގައި ކަމަށެވެ. ފުލުހުންށް އެރިޕޯޓު ލިބުމުން އެސަރަހައްދަށް ގޮސް އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިއައެވެ. ހަސްފަތާލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރުން […]
ސައޫދީގައި އާދަޔާ ޚިލާފު ގިނައިން މީހުންގެ ކަރު ބުރިކުރަނީ

ސަޢޫދީޢަރަބިއްޔާގައި މިއަހަރު އާދަޔާ ޚިލާފަށް ގިނައިން މީހުން ދަންޖައްސައިފިއެވެ. ސަޢޫދީ އަރަބިއްޔާއަކީ ކަނޑިން ޖަހައި ކަރުބުރިކޮށްގެން ދަންޖައްސާ ޤައުމެކެވެ. މިކަމުގެ ހިސާބު ބަލައްޓަމުންދާ އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނަނީ ސަޢޫދީ އަރަބިއްޔާއިން މިހާތަނަށް، 198 މީހުންގެ ކަރުބުރިކޮށްގެން މަރާލާފައިވާ ކަމަށެވެ. މިއަހަރުގެ ޖުލައި މަހު ކޮންމެ ދެ ދުވަހަކުން މީހެއްގެ ކަރު ބުރިކޮށްލާފައި ވެއެވެ. އަދި އެންމެ ގިނަ މީހުން ކަރުބުރިކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލާގައެވެ. މިހާތަނަށް މަސްތުވާތަކެތީގެ މައްސަލާގައި 53 މީހެއްގެ ކަރުބުރިކޮށްލާފައި ވެއެވެ. ސަޢޫދީގައި ސަރުކާރަށް […]
ބޭރުން ނަގާ ލޯނުން ހިންގާ ޕްރޮޖެކްޓްތަކުން ފައިދާ ނުދައްކާނަމަ؟

ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓްތަކުން ފައިދާ ނުދައްކާނަމަ، އެޕްރޮޖެކްޓްތަކުގެ ދަރަނި ދެއްކުމަށް ދަތިތަކެއް ކުރިމަތިވާ ތަން އާދެއެވެ. ސްރީލަންކާއަށް ހަމްބަންޓޯޓާ ބަނދަރުގައި ދިމާވެގެން ދިޔައީ އެ މައްސަލައެވެ. ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ލަފާކުރާ ގޮތުން އެޤައުމަށްވެސް ޗައިނާއިން އިންވެސްޓްކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުން އެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރޭން މިސާލެއްގެ ގޮތުގައި އައު ސަރުކާރުން ދައްކަނީ، ކަރްނާފުލީ ޓަނަލްއެވެ. މިޓަނަލަކީ ޝެއިޚު މުޖީބުއްރަޙުމާން ޓަނަލްގެ ނަމުން ނަންދީފައިވާ ޓަނަލެއްވެސް މެއެވެ. ނުވަ ކިލޯމީޓަރުގެ މި […]
އިންސާނުން އުފެއްދި އެންމެ އަގުބޮޑު އެއްޗަކީ ކޯއްޗެއް؟

ދުނިޔޭގައި އިންސާނުން އުފެއްދި އެންމެ އަގު ބޮޑު އެއްޗަކީ ކޮން އެއްޗެއް ހެއްޔެވެ؟ ބައެއް މީހުން ޖަވާބުގައި ބުރުޖު ޚަލީފާ ނޫނީ ތާޖު މަހަލް ކަމަށް ބުނެފާނެއެވެ. އެއީކީ ރަނގަޅު ޖަވާބެއް ނޫނެވެ. އިންސާނުން އުފައްދާފައިވާ އެންމެ އަގުބޮޑު އެއްޗަކީ ދުނިޔެއިން ބޭރުގައި ހަދާފައިވާ އެއްޗެކެވެ. އެއީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނެވެ. އެތައް ޤައުމަކުން ބައިވެރިވެގެން އާދަޔާ ޚިލާފް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަކީ، 100 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ. ބައެއް […]
ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ، މަރާލީ ރޭވުމަކުން

ޕާކިސްތާންގެ ސިންދު ޕްރޮވިންސްގެ އުމަރުކޯޓު އަވަށުގައި އިސްލާމްދީނަށް ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވުނު މީހާ މަރާލުމާއި އެއަށްފަހު އޭނާގެ ގަބުރުގައި ރޯކޮށްލުމުގެ ތުހުމަތުގައި ބަޔަކު މީހުން ހައްޔަރުކޮށްފިއެވެ. ޑރ. ޝާހްނަވާޒު ކުންބަރު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރަކާއެކު 48 މީހުން ހިމެނެއެވެ. އަދި އޭނާގެ ގަބުރުގައި ރޯކޮށްލުމުގެ ތުހުމަތުގައި ދެ މުއްލާއަކާއި އެ ދެމީހުންގެ އައުވާނުން ހިމެނެއެވެ. ފުލުހުންގެ އެތެރޭގައި ކޮށްފައިވާ ތަހުޤީޤަކުން ސާބިތުވީ ޑރ. ޝާހްނަވާޒު ކުންބަރު ފުލުހުންގެ […]
ރައީސް މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް!

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް ހަމަޖައްސަވައި މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. މި ބަދަލާ އެކު، ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނިންމެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމެވެ. ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. މި […]
ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ މަރުގެ ޝަރީއަތް ފަށަނީ

އދ. ދިގުރަށުގައި މަރާލައި ކޮތަޅަކަށްލާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ. ވިހެއުމަށްފަހު ކުއްޖާ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށެވެ. އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުގައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފައެވެ. މަދަނީ މިންގަނޑުން މިދައުވާ ކުރިއަށް ގެންދެވޭތޯ ބެލުމަށް ބޭއްވި މި އަޑުއެހުމުގައި ހެކީގެ ގޮތުގައި އެ ކުއްޖާ […]
