އެންމެ މުއްސަނދި މީހާއަކީ ޝާހް ރުހްހާނެއް ނޫން.

ބޮލީވުޑްގެ އެންމެ މުއްސަނދި މީހަކީ ޝަހްރުހްހާން އެއް ނޫނެވެ. ބޮލީވުޑްގެ އެންމެ މުއްސަނދި މީހާއަކީ އަދި ހަމައެކަނި ބިލިއަނަރަކީ ފިލްމު ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެވެ. ފޯބްސް މަޖައްލާއިން އިން ބުނި ގޮތުގައި އޭނާގެ މިލްކިއްޔާތަކީ 1.55 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 13،000 ކްރޯޑް ރުޕީސް) އެވެ. ބޮލީވުޑްގެ މުއްސަނދިންގެ ލިސްޓުގައި ދެވަނައަށް ދެން ހިމެނެނީ ޓީ ސީރީޒްގެ ބުޝަން ކުމާރެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމުން ބީޖޭޕީން ތެދުވެއްޖެ

ބީޖޭޕީގެ އިސް ވެރިން ވަނީ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ހިންދޫންގެ ފާދިރީ ޔަތީ ނަރްސިންހަނަންދު ކުށްވެރިކޮށް އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ޖައްމޫ، ކަޝްމީރު އަދި ލަދާކްގެ މަޝްހޫރު މުސްލިމް ލީޑަރުން ވަނީ މި މައްސަލާގައި އިންޑިއާ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ނުފޫޒު ބޭނުން ކުރުމަށް ވެސް އެދިފަ އެވެ. ނަރަސިމްހަނަންދަކީ އާދަވެގެން އިސްލާމް ދީނަށް ފުރައްސާރަކޮށް ހަދާ ފާދިރީ އެކެވެ. އޭނާއަކީ ކޯޓާއި ފުލުހުންގެ އަމުރަށް […]
ބެޓެރި ސައިކަލް އޯލާގެ ހިއްސާ ދަށަށް

އިލެކްޓްރިކް ވެހިކަލް އުފައްދާ އޯލާ އިލެކްޓްރިކްގެ މާކެޓް ހިއްސާ ބަޖާޖް އޮޓޯ އާއި ޓީވީއެސް މޮޓޯއަށް ދަނީ ގެއްލެމުންނެވެ. ސެޕްޓެމްބަރު މަހު ބަޖާޖް އޮޓޯ އާއި ޓީވީއެސް މޮޓޯގެ މާކެޓް ހިއްސާ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރުވެފައިވެއެވެ. މިކަން ދިމާވީ އޮލާ އިލެކްޓްރިކް އިން ދާދި ފަހުން 40،000 ރުޕީސް އާ ހަމައަށް ފެސްޓިވަލް ޑިސްކައުންޓާއެކު އެސް1 އެކްސް ސްކޫޓަރު ގެ ސޭލެއް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އޯލާ އިލެކްޓްރިކްގެ ހިއްސާ މިއަދު އަށް ޕަސެންޓް ދަށަށް […]
ޕާކިސްތާންގައި ޗައިނާ ދެ މީހަކު މަރާލައިފި

ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ދިން ހަމަލާއެއްގައި ޗައިނާގެ ދެ މީހަކު މަރުވެފައިވާ ކަމަށް އިސްލާމްއާބާދުގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ. އެޤައުމުގެ ރައްޔިތުން ސަމާލުވުމަށް ވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސްގެ ދެކަނބަލުންނަށް އިންޑިއާއިން މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީބަވަން އިން އެ ދެކަނބަލުންނަށް މިއަދު ހެނދުނު މަރުޙަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެ ގަނޑުވަރަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން އެކާސްވީސް ބަޑީގެ ސަލާމެއް އެރުވިއެވެ. މިރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒުވަނީ އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވައިފައެވެ. ރާޝްތުރަޕަތީ […]
އީސްޓާ ހަމަލާގެ ތަހުގީގު އަވަސް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ

އީސްޓާ ސަންޑޭ ހަމަލާގެ ތަހުގީގުތައް އަވަސްކޮށް، އެފަދަ ހިތާމަވެރި ހާދިސާއެއް އެ ގައުމުގައި ދެން ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ރައީސް ޑިސަނަޔަކަ މިހެން ވިދާޅުވީ އީސްޓާ ސަންޑޭގައި ދިން ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކާ އެކު ނެގަމްބޯގެ ކަޓުވަޕިޓިއާގައި ހުންނަ ސެއިންޓް ސެބެސްޓިއަން ޗާޗުގައި މިއަދު ބޭއްވި […]
އަޤްޞާ ޠޫފާންގެ ކާމިޔާބު އެއް އަހަރު

އަޤްޞާ ޠޫފާނުގެ އެއް އަހަރު ފަހުން އަދިވެސް ފަލަސްޠީނާއި ޢަރަބިންނާއި އިސްލާމީ އުންމަތުގެ ގިނަ ބަޔަކު ދަނީ ފަލަސްޠީނު މީހުންގެ ޙިތްވަރަށް ތަޢުރީފު ކުރަމުންނެވެ. އަރަބި ގަލްފުގެ ބައެއް ޒަޔަނިސްޓު ނޫސްތަކުގައި ފަލަސްޠީނު މީހުންގެ ޖިހާދަށް ބަދުބަސް ބުނެފައިވީނަމަވެސް، ޖުމުލަ ގޮތެއްގައި މީހުން ވަނީ ޙަމާސްގެ ހިތްވަރަށް ތަޢުރީފް ކޮށްފައެވެ. އޮކްޓޫބަރު ހަތްވަނަދުވަހަކީ އިޒްރޭލާއި އަރަބިންގެ ހަނގުރާމައިގެ ތާރީހުގައި އައި ބޮޑު ބަދަލެކެވެ. މިއަދު އަޤްޞާ ތޫފާނަށް އަހަރު ފުރޭއިރު ޣައްޒާގެ ގިނަ އަދަދެއްގެ ފުރާނަތައް ޝަހީދުވެފައި […]
އަޅުކަން ކުރާ ތަންތަން ޒީނަތްތެރި ކުރަންވާނީ ރައީސްގެ ފޮޓޯއިން

ޗައިނާގައި އަޅުކަން ކުރާ ތަންތާނގައިވެސް ޗައިނާ ރައީސްގެ ފޮޓޯފުޅު ބެހެއްޓުމަށް އަންގައި އެކަން ތަންފީޒު ކުރަން ފަށައިފިއެވެ. ބިޓާވިންޓާއިން ރިޕޯޓު ކުރިގޮތުގައި އަންހުއީ ޕްރޮވިންސްގައި ފައްޅިތަކުގެ މަތީގައިއާއި ދޮރުގައި ހުންނަ ސޮލީބުތައް ނެގުމަށް ވަނީ އަންގާފައެވެ. އަދި އެތެރޭގައި ސޮލީބު ބެހެއްޓުމުގެ ބަދަލުގައި ބަހައްޓަން ވާނީ ރައީސް ޝީގެ ފޮޓޯފުޅެކެވެ. މިއީ މީގެ ކުރިން ޝިންޖިއާންގައި މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައް ތަޅާލުމަށް ހިންގި ފަދަ މަސައްކަތެކެވެ. ޝިންޖިއާންގެ މިސްކިތްތަކުގައިވެސް ކޮމިއުނިސްޓް ޕާޓީގެ ނިޝާނާއި ޝީގެ ފޮޓޯ ބަހައްޓަން […]
ދެކުނު އޭޝިއާގެ ޤައުމުތަކަށް ކޮރަޕްޝަންގެ ފައިސާ އަނބުރައި ލިބޭނެ ނަމަ

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ކޮރަޕްޓް ފަރާތްތަކުން ޤައުމުން ބޭރުގައި ފޮރުވާފައިވާ ބިލިއަން ޑޮލަރު ހޯދައި، ކުށްވެރިންނަށް އަދަބު ދިނުމަށް ރައްޔިތުން އެދެއެވެ. ނަމަވެސް އެކަން ކޮށްދޭނެ ހިތްވަރެއް ސިޔާސީ ވެރިންގެ ކިބައި ގައި ނުހުރެއެވެ. ވޮޝިންޓަންގައި ހުންނަ ތިންކް ޓެންކް ކަމަށްވާ ގްލޯބަލް ފައިނޭންސް އިންޓެގްރިޓީ (ޖީއެފްއައި) އިން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި ބުނަނީ، 2009 އާއި 2017 އާ ދެމެދު ސްރީލަންކާއިން 36 ބިލިއަން އެމެރިކާ ޑޮލަރު ގައުމުން ބޭރަށް ވަގަށް ފާއްދާލާފައިވާ ކަމަށެވެ. މިފައިސާއަކީ […]
