ކުޅުދުއްފުށީ ދަތުރަށްފަހު ނާއިބު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާފައެވެ. ”ހަށިހެޔޮ ރާއްޖެ“ އަކީ ސްޕޯޓްސް ކައުންސިލަރސް އަދި ޔޫތު އެސޯސިއޭޓުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިސްނަގަވައިގެން ކުރިއަށްގެންދަވާ ޚާއްސަ ހަރަކާތެކެވެ. މިގޮތުން މިއަދު މި އިފްތިތާޙުކުރެއްވި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި […]
”ހަށިހެޔޮރާއްޖެ“ އިފްތިތާހުކޮށްފި
ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ޒިޔާރަތުގައި މިއަދު ހަވީރުއެވެ. މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު މިއަދު ފުދިގެން މިދިޔައީ ކަމަށް […]
އިސްލާމްދީނާއި ކޮންފޫޝިޒަމްއާ ގުޅުވާލުމަށް ގޮވާލައިފި
ޗައިނާގެ ޖިއަންގްސޫ އިސްލާމިކް އެސޯސިއޭޝަނާއި ރިސާޗް ސެންޓަރ ފޯ ސްޓްރެންތްނިންގ ދަ ކޮންޝަންސް އޮފް ދަ ޗައިނީސް ނޭޝަންސް ކޮމިއުނިޓީން ނަންޖިންގގައި އިސްލާމްދީނާއި ކޮންފުޝިޒަމް އެއްކޮށްލުމަށް ފޯކަސްކޮށްގެން ކޮންފަރެންސެއް ބާއްވައިފިއެވެ. މި ކޮންފަރެންސް އޮތީ އޮކްޓޯބަރު 17-18 ގައެވެ. މިއީ އިސްލާމް ދީން ޗައިނާ ވަންތަ ގޮތަކަށް ޕްރޮމޯޓުކޮށް، ޗައިނާގެ ކުންފުޝިޒަމް ފަލްސަފާއާއި ދީނާ ގުޅުވާލުމަށް ހިންގާ ހަރަކާތުގެ ބައެކެވެ. މި ހަރަކާތުގައި އިސްކޮށް އުޅެނީ ޖިންލިންގް ސްކޫލްއިންނެވެ. މި ސްކޫލަކީ، މިންގް ދަރިކޮޅުން ޗައިނާގެ ވެރިކަން […]
ބްރެމްޕްޓަންގެ ފައްޅިއަށް ދިން ހަމަލާ ކުށްވެރިކޮށްފި
ކެނެޑާގައި، ބްރެމްޕްޓަންގެ ހިންދޫންގެ ފައްޅިއަކަށް ސިކުންގެ ޓެރަރިސްޓުން ދިން އަނިޔާވެރި ހަމަލާއާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކެނެޑާގައި އިތުރުވަމުންދާ ސިކުންގެ ހަރުކަށިކަން ދެއްކުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޮޓާވާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވަނީ ހިންދީންނަށް ހަމަލަ ދިން ހާދިސާއަކީ ”އިންޑިއާ ދަރިކޮޅުގެ މީހުން ހާސްކުރުވަނިވި ހާދިސާއެއް“ ކަމަށް ބުނެފަ އެވެ. ސިކުންގެ މީހުން ހިންދޫންނަށް މި ހަމަލާ ދީފައިވަނީ އިންޑިއާ އާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ކޯޅުންތައް އިތުރުވަމުންދާ […]
ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި ޖިންސީ ގޯނާކުރުން އާންމު
ބީބީސީން ކުރި އިންވެސްޓިގޭޓިވް ތަހުގީގެއްގައި ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި ވެސް ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ޖިންސީ ގޯނާ ކުރާކަން ހާމަވެފައި ވެއެވެ. ބީބިސީއަށް މައުލޫމާތު ދިން މީހުން ބުނަނީ، ގޯނާ ކުރާ މީހުންގެ ތެރޭގައި އެކުގައި މަސައްކަތް ކުރާ ފިރިހެން އެކުވެރިންނާއި ބަލިމީހުންނާއި އެމީހުންގެ އާއިލާތައް ވެސް ހިމެނޭ ކަމަށެވެ. ގިނަ ފަހަރަށް އެމީހުން އެ އަނިޔާތައް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ. އަދި އެކަން ނުކުރަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށާއި، އިޖުތިމާއީ ގޮތުން މީހާ […]
ފޭކު މުދާ އުފެއްދުމުން ބާޒާރަށް ބޮޑެތި ގެއްލުން
މިދިޔަ މަހު ވައިރަލް ވެގެން ދިޔަ ޓިކްޓޮކް ވީޑިއޯއަކުން ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ޝަންވޭ ޒޫގައި ޕަންޑާތަކަކާއެކު މީހަކު ފޮޓޯއެއް ނެގި މަންޒަރު އާންމުވިއެވެ. އެކަމަކު ފަހުން އެނގުނީ އެއީ ހަގީގީ ޕާންޑާތަކެއް ނޫން ކަމަށެވެ. އެއީ އެ ވައްތަރު ހެދުން ލައިގެން ތިބި މީހުން ކަމަށް މީޑިއާއިން ބުންޏެވެ. ފުރަތަމަ ޒުލުން އެކަން އިންކާރު ކުރުމަށް ފަހު ޒުލުގެ އޮފިޝަލުން ވަނީ އެ ޒުލުގައި އަސްލު ޕަންޑާތަކެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. މެއި މަހު […]
ނާއިބު ރައީސް ކުޅުދުއްފުށްޓަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ”ހަށިހެޔޮ ރާއްޖެ“ ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، ”ލީޑިން ލީޑަރސް“ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު […]