އެމްޑީޕީ ސަރުކާރުންވާނީ ކޮންމެ އެގާރަ ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި: އާޒިމް

އެމްޑީޕީ ސަރުކާރުންވާނީ ކޮންމެ އެގާރަ ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި ކަމަށް އެމްޓީސީސީގެ ކުރީގެ އެމްޑީ އަދި މާލޭސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިހާރު ކުރިއަށްގެންދާ ”ފުދިއްޖެ-ފުނޑިއްޖެ“ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރަށް އަހަރުވެގެންދާއިރު އެންމެ ގާބުރިއެއްވެސް ބޭއްވިފައިނުވާކަމަށެވެ. ހުޅުވަމުންދަނީ ކުރީގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް ކަމަށް ވެސް ވިދާޅުވިއެވެ. އެވަރުންދާކަމަށްވާނަމަ ހުކުރު މިސްކިތް ވެސް މިސަރުކާރުން އަލުން ހުޅުވާނޭ ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ގައުމުދަރުވާލިކަމުގެ ތުހުމަތު […]
އިންޑިއާގެ ޕިނާކާ ރޮކެޓް ސިސްޓގަމް ގަތުމަށް ފްރާންސް އިން ބަލަނީ

ފްރާންސް އިން އިންޑިއާގެ ޕިނާކާ މަލްޓި ބެރެލް ރޮކެޓް ލޯންޗް ގަތުމަށްޓަކައި އެ ނިޒާމުގެ ތަފްސީލީ އިވެލުއޭޝަނެއް ކުރިއަށް ގެންދަން ފަށައިފިއެވެ. ފްރާންސް ސިފައިންގެ ސްޓާފް ޖެނެރަލް އިންޓަނޭޝަނަލް އެފެއާޒް ބްރިގޭޑިއާ ޖެނެރަލް ސްޓެފަން ރިޗޫ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ފްރާންސުން ޚާއްސަ މިޝަނެއްގައި ކުރިއަށް އޮތް ހަފްތާތަކުގައި އިންޑިއާއަށް ގޮސް ރޮކެޓް ލޯންޗަރއާއި ވަޒަން އިވެލުއޭޓް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާ މީހުންނަށް ދޭ ޙަމަލަތަކުން ގުޅުމަށް ނުތަނަވަސްކަން

ޗައިނާ އާއި ޕާކިސްތާނާ ދެމެދު ބަދަހި ގުޅުމެއް އޮތް ކަމުގައިވިއަސް ޗައިނާ މީހުންނަށް ދެމުންދާ ހަމަލަތަކުން ދެ ޤައުމުގެ މަސްއޫލުވެރިންނަށް އެކަމުން ނުތަނަވަސްކަން ވެރިއެވެ. ސަލާމަތާއި ރައްކާ ތެރިކަމުގެ ޔަގީންކަން އިސްލާމްއާބާދުން ދިން ނަމަވެސް، ޗައިނާ މީހުންނަށް ދޭ މަރުގެ ހަމަލާތަކުގެ ސަބަބުން ކަންބޮޑުވުންތައް އުފެދި، ޗައިނާގެ ސަފީރު ޖިއާންގް ޒައިޑޮންގް ވަނީ ސަލާމަތީ ކަންކަމަށް ފާޑު ވިދާޅުވާން ފަށްޓަވާފައެވެ. ބެއިޖިންގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން ކުރިއަށްދާ 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ކަމަށްވާ […]
އަންހެނުންނަށް އިސްކަން ދިނުމުން ނަތީޖާ ފެންނަން ފަށައިފި

އަންހެނުން އަމިއްލަ އިސްނެގުމާއެކު ތަރައްގީގެ މަސައްކަތުގައި އިންޑިއާއިން ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އިންޑިއާއިން ބޭއްވި ޖީ20 ގެ ރިއާސަތު ބެލެހެއްޓުމުން ވަނީ ވަޒީފާއާއި އުފެއްދުމުގައި އަންހެނުންގެ ދައުރު އިތުރު ވެފައިވާ ތަން ފެންނަން ފަށައިފައެވެ. އިންޑިއާ ސަރުކާރުގެ ޖެންޑަރ ބަޖެޓް 2014 ވަނަ އަހަރު އުޅުނީ 97،134 ކްރޯޑް ރުޕީސްގައެވެ. ނަމަވެސް މިހިނގާ މާލީ އަހަރު، 24-25 ވަނަ އަހަރު 3.10 ލައްކަ ކްރޯޑް ރުޕީސް އަށް އިތުރުވެފައިވެއެވެ. އިންޑިއާއިން ވަނީ އަންހެން ކުދިންނަށް ސަމާލުކަން ދިނުމަށް […]
ސިނގެރެޓް ބޯ ތަންތަނުގެ ހުއްދަ ބާތިލުކުރާ ބިލް ފާސްކޮށްފި

ވޭޕް މަނާކޮށް، ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ވިޔަފާރި ހުއްދަ ބާތިލުކުރަން ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު،ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. ސިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލްކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި […]
މެންބަރުން ވަކިކުރަން ހުށަހެޅީ، ސުލޫކީ ހަމަތަކާ ހިލާފްވެގެން

މިނިވަން މުއައްސަސާތައް ކަމަަށްވާ، ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބައެއް މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފްވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހެ ކޮމިޓީގެ މުގައްރިރު، އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ. ސީއެސްސީ ގެ ރައީސް މުހައްމަދު ނާސިހާއި، އޭސީސީ ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެކޮމިޝަންގެ […]
މީހަކު ރަހީނުކޮށް ފައިސާއަށް ޑިމާންޑުކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ރޭ މީހަކު ރަހީނުކޮށް ކާރެއްގެ ތެރޭގައި ގެންގުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ވަނީ ހައްޔަރުކޮށްގެން ގެންގުޅުނު މީހާއަށް ބިރުދައްކައި އަނިޔާ ކޮށްފައި ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި ފައިސާއަށް ވެސް މި މީހާވަނީ ޑިމާންޑުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރު ނަމްބަރު އާރުއެސް 9022 ތޮލާލް މޫސާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 37 އަހަރުގެ މީހެކެވެ. މިހާދިސާ ހިންގާފައިވަނީ ހުޅުމާލޭ އޮކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައެވެ. […]
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލް ހުށަހެޅީ ސަރުކާރުގެ އަގު ވައްޓާލަން: ނާޒިމް

އިޒްރޭލުން ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށް ޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަގު ވައްޓާލަން ހުށަހެޅި ބިލެއް ކަމަށް އެމްއެންޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު […]
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ފެބްރުއަރީގައި ކޮމިޓީން ނިންމަނީ

އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަންނަ 2025 ވަނަ އަހރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ން ނިންމައިފިއެވެ. ކޮމިޓީގެ މިއަދުގެ ޖަލްސާގައި، ބިލްގެ މަސައްކަތް ފެބްރުއަރީމަހުގެ ނިޔަލަށް ނިންމަން ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. އެގޮތަށް […]
ތިން ކޮމިޝަނެއްގެ ވެރީން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެބޭފުޅުން ވަކިކުރަން ހުށަހަޅާފައި މިވަނީ، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހެޅުމަށްފަހު، އެބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވުމަށް، އެދި ކޮމިޓީން މަޖިލިސް ރައީސަށް ފޮނުވުމުން […]
