ރަމީލާ އިސްތިއުފާ ދެއްވުމުން މިނިސްޓްރީ ހިންގެވުން މާރިޔާއަށް
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. ޢާއިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުންނެވެ. އެކަމަނާއަކީ ކެންސަރާ ހަނުރާމަ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ. އެ މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަން ކުރެވެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން ބޭފުޅަކާ ވަނީ ހަވާލުކުރައްވައިފައެވެ. އެ މިނިސްޓްރީ ހަވާލުކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ […]
ސިވިލްކޯޓު ރިސެސްއަށް ހިނގައްޖެ
ސިވިލް ކޯޓު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ހިނގައްޖެއެވެ. ސިވިލް ކޯޓާއެކު މިއަދު ރިސެސްއަށް ގޮސްފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓެވެ. މި މުއްދަތުގައި އާންމު ޝަރީއަތްތަކެއް ކުރިއަކަށް ނުގެންދާނެ ކަމަށް ކޯޓުތަކުން ބުނެފައިވެ އެވެ. ހައިކޯޓު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ. އެހެންނަމަވެސް ބައެއް ބާވަތުގެ މައްސަލަތައް ބަލާނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ބީ12 ސެކްޝަނުގެ މައްސަލަތަކާއި އަވަސް މައްސަލަތައް ހިމެނެ […]
ޑޮލަރުގެ އަގު ވިހިރުފިޔާއަށްވުރެ ބޮޑުވެދާނެ ކަމުގެ ބިރުއެބައޮތް: އެމްޓީއޭ
ދިރާސީ އަހަރުގެ ކިޔެވުން ނިމި ގިނަ ރައްޔިތުންތަކެއް ޗުއްޓީއަށް ރާއްޖެއިން ބޭރަށް އާންމުކޮށް ދާ މި ދުވަސްވަރު ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް އެރުމުގެ ބިރު އެބައޮތް ކަމަށް މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަނުން ބުނެފިއެވެ. އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ކުރިއަށް މިއޮތް ބަރަކާތްތެރި ރަމަޟާން މަހު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެކަމުގެ ސިގްނަލް މިހާރުވެސް ބާޒާރުގެ އަގުތަކަށް ބަލާލުމުން ހާމަވެގެންދާ ކަމަށެވެ. އެހެންކަމުން ދައުލަތުން މިކަންކަމާއިމެދު ފުންކޮށް […]
ސުޕްރީމް ކޯޓުން އެއްމަހުގެ ރިސެސްއަކަށް
ސުޕްރީމް ކޯޓުން އެއްމަސް ދުވަހުގެ ރިސެސްއަކަށް ގޮސްފިއެވެ. މި ރިސެސްގައި ކޯޓު އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސް ފެށެނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. މި މުއްދަތުގައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ނުބޭއްވުނު ނަމަވެސް، އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ […]