ޚާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވުން: ޑރ. ޚަލީލް

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އޭގެ އިތުރުން އެސިޔާސަތު ބިނާވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކަށް ވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އދ. ގައި ރާއްޖެއިން […]

އެސްޓޯނިއާއިން މިފުރަނީ އުންމީދާއެކު: ރައީސް

ޖަނަވަރީ ތޭރައިން ސޯޅައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިވައިފިއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ މި ދަތުރު ނިންމަވާލެއްވުމަށްފަހު އެގައުމުގެ ވެރިރަށް ޓާލިން އިން ފުރާ ވަޑައިގަންނަވަނީ އުންމީދާއެކު ކަމަށެވެ. މިދަތުރުފުޅުން ކުރިއެރުންތަކެއް ލިބިވަޑައިގެންފި ކަމަށާއި، އޭގެ ސަބަބުން ހިތްވަރެއްވެސް ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އެ ގައުމަށް ވަޑައިގެންނެވުމުގެ ދައުވަތު […]

މާޒު ސަލީމަށް މަރުގެ އިންޒާރު، ފުލުހުން މައްސަލަ ބަލަން ފަށައިފި

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ސަލީމް (މާޒު ސަލީމް) އަށް މަރުގެ އިންޒާރުތަކެއް ދޭން ފެށުމުން އެ މައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ”މި މައްސަލާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،“ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒު ސަލީމަށް މަރުގެ އިންޒާރު […]

ރައީސްގެ އެސްޓޯނިއާގެ ދަތުރުފުޅު ކާމިޔާބު: ޑރ. ޚަލީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޖަނަވަރީ 13 އިން 16 ރައީސް ކުރެއްވި މި ދަތުރުފުޅާ ބެހޭ ގޮތުން މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވެފައިވަނީ ކާމިޔާބު ކަމާއެކު ރައީސްގެ ދަތުރުފުޅު މިހާރު ވަނީ ނިންމާލައްވައިފައި ކަމަށެވެ. ދެގައުމުގެ ގުޅުން ބަދަހި ކުރުމުގައި މުހިންމު ދައުރެއް ރައީސްގެ މިދަތުރުފުޅު އަދާކުރެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މި ދަތުރުފުޅުގައި ދެ […]

ރާއްޖޭގެ ސަރަހައްދުން ލަންކާ ބޯޓެއް އަތުލައިގެންފި

ދިވެހި  ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަތުކައިގެންފައިވަނީ އަވަށްޓެރި ސްރީލަންކާގެ މަސް ބޯޓެއް ކަމަށެވެ. މި ބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ޚިލާފަށް ކަމަށްވާތީ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ބޯޓު އަތުލައިގެންފައިވާ ސަރަހައްދެއް ސިފައިން ވިދާޅުވެފައެއް ނުވެއެވެ. މި ބޯޓުގައި ހަ މީހަކު ތިއްބެވެ. އެ ބޯޓާއި އޭގައި ތިބި […]

ރައީސް ގްރީނަރޖީ ޑޭޓާ ސެންޓަރސްއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރސް (ޖީ.ޑީ.ސީ) އަށް  މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ރައީސް އެ ސެންޓަރސް އަށް ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ، ކެރްތް އެވެރްތް އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލް ކަމަށެވެ. މި ޒިޔާރަތުގައި ޖީ.ޑީ.ސީ.ގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް […]

ސަރުކާރުން ޔޫކްރޭނަށް ތާއިދު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫކްރޭނަށް ތާއިދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު މިހެން ވިދާޅުވީ ރަޝީއާއި ޔޫކްރޭންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޔޫކުރައިނަށް ތާއިދު ކުރައްވާކަން ރައީސް މުއިއްޒު ހާމަ ކުރެއްވުމުންނެވެ. ”މިހާރު އިރުމަތީ ޔޫރަޕްގެ ގައުމަކަށް ގޮސް، ޔޫކްރެއިން އަށް ތާއިދުކުރާ ވާހަކަ މި ދައްކަނީ. މީގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނުވިސްނޭ. މި ދިޔަ […]