އެމްޑީޕީ ރައީސާއި ޗެއަރޕާސަން އަތުގުޅާލައިފި މާދަމާ މަސްމާރުކޭޓަށް

ޖަނަވަރީ އެއްތިރީސް ވަނަ ދުވަހު އެމްޑީޕީން ބާއްވާ ސުލްހަވެރި ހިނގާލުން ޕްރޮމޯޓު ކުރުމުގެ މަސައްކަތް މިހާރުވަނީ ވައިގައި ހިފައި ފޯރިގަދަވެފައެވެ. މި މަސައްކަތް އިތުރަށް ވަރުގަދަކޮށް ޕްރޮމޯޓު ކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އަމަލީ ގޮތުން ނުކުންނަވާފައެވެ. އެގޮތުން ޑޯޓުޑޯ އަށް ވަޑައިގެންނެވުމާއި ބޭނާތައް ޕްރިންޓު ކުރުމާއި ބޭނާތައް ހަރު ކުރުކުރުމުގެ މަސައްކަތުގައި އެބޭފުޅުންގެ އިތުރަށް ޕާޓީގެ އިސްބޭފުޅުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. ”ފުދިއްޖެ-ފުނޑިއްޖެ“ ހިނގާލުން […]
މަސްވެރިކަން ފެށުނުއިރު، ސަރުކާރު ނިދާފައި: ސައުދު

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސީޒަން މިހާރު ވަނީ ފެށިފައި ކަމަށާއި ފެށުނުއިރު ވެސް ސަރުކާރު ވަނީ ”ނިދާފައި“ ކަމަށް ވިލިގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރު ނިދާފައި އޮތުމުގެ ސަބަބުން މަސްވެރީން ބޭނި މަސްކޮޅު ކިރޭނޭ ގޮތެއްނެތް ކަމަށެވެ. އަދި މަހަށް ވެސް ފުރޭނޭ ގޮތެއްނެތް ކަމަށެވެ. ”މަސްވެރިކަމުގެ ސީޒަން ފެށުނުއިރު ސަރުކާރު ނިދާފަ، ބޭނިމަސްކޮޅު ނުކިރި މަސްވެރިންނަށް މަހަށްނުފުރި މަސްދޯނިފަހަރު ހުއްޓުމަކަށް،“ އޭނާ ވިދާޅުވެފައިވެއެވެ. ސައުދު […]
ކައުންސިލިން ދޭނޭ މީހުން ބިނާކުރުމުގެ މަސައްކަތް ފަށާނަން: ލުބުނާ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ކައުންސިލިން ދޭނެ ބަޔަކު ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ބިނާކޮށްފައިނުވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.ލުބްނާ ވިދާޅުވީ ރާއްޖޭގައި ކައުންސިލިންގ ކިޔަވައިގެން ތިބީ ގާތްގަނޑަކަށް 150 މީހުން ކަމަށެވެ. ފާއިތުވި ދިހަ އަހަރުތެރޭގައި ކައުންސިލަރުން ބިނާކުރިނަމަ މިއަދަދު އިތުރުވާނެއެވެ. އެންޑީއޭގައި ފުދޭ ވަރަކަށް ކައުންސިލަރުން ތިއްބަސް އެއީ ބޭނުންވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށް ލުބުނާ ވިދާޅުވިއެވެ. ”ގާތްގަނޑަކަށް ފަސްދޮޅަސް ފަސް […]
ޓްރަމްޕަށް ތަހުނިޔާ، އެކީގައި މަސައްކަތް ކުރަން ބޭނުން: ޑރ. މުއިއްޒު

ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ އައު ރައީސް، ޑޮނަލްޑް ޓްރަމްޕާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ޓްރަޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިހެންނެވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ. އެ މެސެޖުގައި، ރައީސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި، ރާއްޖެއާއި އެމެރިކަގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. […]
މިފަހަރު ޖަމިއްޔާ ތަކަށް ވެސް ކަދުރު ބަހަނީ

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާއިރު މިފަހަރު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް ދޭން ނިންމާފައިވާ ކަމަށް އިލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ ކަދުރު ދޭނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ. އެހެންކަމުން ކަދުރު ބޭނުންވާ މިފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާފައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް […]
ގޭބިސީއަކަށް ޕެކެޓެއްގެ މަގުން ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން މިއަދު ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެމިނިސްޓްރީން ކަމަށެވެ. ކަދުރު ދޫކުރާނީ ބަލައި އަންނަ ތަރުތީބުންނެވެ. ކޮންމެ ގޭ ބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެއް ޕެކެޓު ކަދުރެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައިގެންނެވެ. އެގޭ ބިސީއަކުން ކަދުރާ ހަވާލުވާން މިނިސްޓްރީއަށް ހާޒިރުވާއިރު އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު […]
ފަންސާސް ފަސް ރަށެއްގެ ކައުންސިލް އިމާރާތް އާކުރަނީ

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފަންސާސް ފަސް ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ. ”ހެކްސްޓަރ ގްލޯބަލް“ އާއެކު އެއްބަސްވުމުގައި ސޮއި ކުރުން އޮތީ ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ. ހެކްސްޓަރ ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޝަރީފެވެ. މި އިމާރާތްތަކުގެ […]
ސަރުކާރާއެކު ގާތުން މަސައްކަތް ކުރާނަން: އިންޑިއާ ސަފީރު

ދިވެހިރާއްޖެއާއި އިންޑީއަށް ފައިދާހުރި ކަންކަން ހާސިލް ކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖީ. ބަލަސުބްރަމަނިއަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން […]
ފޮރިން މިނިސްޓަރު ޑރ؛ ޚަލީލުގެ ޝުކުރު ޕާކިސްތާނަށް

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ޕާކިސްތާނުގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަސް ޝުކުރު ދަންނަވައިފިއެވެ. ފޮރިން މިނިސްޓަރ ޕާކިސްތާން ސަރުކާރަށް ޝުކުރު ދެންނެވީ ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް އައު ސަފީރަށް ތަހުނިޔާ […]
ޓްރަމްޕް ރައީސް ކަމުގެ ހުވައި ކުރައްވައިފި

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވައި ކުރައްވައިފިއެވެ. އެމަނިކުފާނުގެ އިތުރުން ނާއިބު ރައީސް ޖޭޑީ ވާންސް ވެސް ވަނީ ހުވައި ކުރައްވައިފައެވެ. ޓްރަމްގެ ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކެޕިޓޮލް ރޮޓަންޑާގައެވެ. މި ރަސްމިއްޔާތުގައި އެގައުމުގެ ކުރީގެ ރައީސުންނާއި ކުރީގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޓްރަމްޕް މިފެށްޓެވި އެމަނިކުފާނުގެ ދެވަނަ ދައުރެވެ. އަދި އެމަނިކުފާނު މިފަހަރު ހުވައި ކުރެއްވީ އެމެރިކާގެ ސަތާޅީސް ވަނަ ރައީސްގެ ގޮތުގައެވެ. ޓްރަމްޕަށް […]
