ޗައިނާ އާއި އިންޑިއާ

އިންޑިއާ އާއި ޗައިނާއިން އަމަލީގޮތުން އެއްބާރުލުން ކުރިއަށް ގެންގޮސް، ދެގައުމުގެ ގުޅުން ހަމައަކަށް އަޅުވައި، ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޗައިނާގެ ނައިބު ރައީސް ހާން ޒެންގް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ހާން މިކަމަށް ގޮވާލެއްވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ބެއިޖިންގައި ބޭއްވެވި ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވަމުންނެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، ޖުލައި 15 ވަނަ ދުވަހު ޗައިނާގެ އުތުރުގެ ޓިއަންޖިންގައި ބާއްވާ ޝަންހާއީ […]
ޗައިނާ ދަރަނި

ގުދުރަތީ ގޭހުން މުއްސަނދި، ދެކުނު އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ މޮޒަމްބިކަށް މިހާރު ދިމާވެފައިވާ ބޮޑު އިޤްތިޞާދީ ދަތިކަމުގެ ސަބަބުން، އެޤައުމުގެ އެންމެ ބޮޑު ދަރަނިވެރިޔާ ކަމަށްވާ ޗައިނާއަށް ދައްކަންޖެހޭ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ވިސްވަމުންދާ ކަމަށް، އެޤައުމުގެ ރައީސް ޑެނިއެލް ޗަޕޯ ވަނީ އިއުލާން ކުރައްވާފައެވެ. މިއީ މޮޒަމްބިކްގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަން ހައްލުކުރުމަށް އަޅާ ފިޔަވަޅެކެވެ. މޮޒަމްބިކްގެ އިޤްތިޞާދު ވަނީ ޖެހިޖެހިގެން ދެ ކުއާޓަރުގައި […]
ޕައުލް ބިއާގެ އާދަޔާޚިލާފު ވެރިކަން

ދުނިޔޭގެ އެންމެ މުސްކުޅި ރައީސްގެ ގޮތުގައި ފާހަގަކުރެވޭ، ކެމެރޫންގެ ރައީސް ޕައުލް ބިއާ، އަދިވެސް ވެރިކަމުގައި ހުންނެވުމަށް އެދިވަޑައިގެންފިއެވެ. އުމުރުފުޅުން 92 އަހަރުފުޅުގެ ޕައުލް ބިއާ މިހާރުވެސް ވެރިކަން ކުރައްވަމުން ގެންދަވާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނުގެ މި ނިންމެވުމަކީ ދުނިޔޭގެ ސިޔާސީ މައިދާނަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ. މި ރައީސަށް އަދި 8 އަހަރު ފަހުން 100 އަހަރު ފުރިވަޑައިގަންނަވާނެއެވެ. އަދި މިހާރުގެ ވެރިކަމަށް 10 އަހަރު އިތުރުވެއްޖެނަމަ، ބައިގަރުނު […]
ޔަހޫދީ ސިފައިން އިންޒާރު ދީފި

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރިއުޅުމާއި، މަސްވެރިކަން ކުރުން މަނާކޮށް، މި އަމުރާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ސިފައިން ދީފިއެވެ. ޔަހޫދީ ސިފައިން މި އަމުރު ނެރިފައިވަނީ، ޣައްޒާގައި ޔަހޫދީ ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގައި މީހުންނަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ސިފައިން ހިންގާ މި ޢަމަލުތަކުގެ ސަބަބުން ޣައްޒާގައި 6,000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެއްލި، ކާނާ […]
ފަތުރުވެރިކަން ދަނީ ކުރިއަރަމުން

ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ދެމިއޮތްކަން ހާމަކުރަމުން، މި އަހަރުގެ ޖުލައި 14 ވަނަ ދުވަހާ ހަމައަށް 1.18 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ އާ ރެކޯޑުތަކެއް ހަދަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖުލައި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި 1,180,000 ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ […]
އިންޑިއާގައި އައިފޯން 17

އިންޑިއާގައި އެޕަލްގެ އައިފޯން 17 އުފެއްދުމުގެ އިބްތިދާއީ ޓެސްޓުތައް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ސެޕްޓެމްބަރު މަހު މި މޮޑެލްގެ އުފެއްދުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. މީގެ އިތުރުން، އޮގަސްޓަކީ އިންޑިއާގައި ޗުއްޓީގެ މައިގަނޑު މޫސުމަށްވުމާއެކު އައިފޯން 14 އަދި އައިފޯން 16 ގެ މޮޑެލްތަކުގެ ވިޔަފާރި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އެޕަލް އިން އަންނަ މަހު (އޮގަސްޓު) ގިނަ އަދަދަކަށް އައިފޯން 14 އަދި އައިފޯން 16 ގެ މޮޑެލްތައް ވިއްކާނެކަމަށް […]
އިންޑިއާ އޮސްޓްރޭލިއާގެ ވިޔަފާރި

އިންޑިއާ އޮސްޓްރޭލިއާގެ ވިޔަފާރީގެ އެއްބަސްވުމުން އިންޑިއާގެ ”މޭކް އިން އިންޑިއާ“ އިނީޝިއޭޓިވްއާއި އޮސްޓްރޭލިއާގެ ވިޔަފާރި ތަފާތުކުރުމުގެ ލަނޑުދަނޑިތަކަށް އެހީތެރިވެދެއެވެ. އަދި މިހާރު ދެގައުމުން ދަނީ ފުޅާ އިޤްތިޞާދީ އެއްބާރުލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންނެވެ. 2030އަށް ދެ ގައުމުގެ ވިޔަފާރި 50 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައި ވެއެވެ. މީގެ އިތުރުން ގްރީން ހައިޑްރޮޖަން، ކްރިޓިކަލް މިނަރަލްސް އަދި ޑިޖިޓަލް ވިޔަފާރިއަށް އިސްކަންދިނުމަކީ އައު އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައެކެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން […]
ޕާކިސްތާނަށް ހަމަހަމަ ކަމެއް ގެންގުޅެވިދާނެ ބާ

ޕާކިސްތާނުން އެމެރިކާއާއެކު ގުޅުން ބޭއްވުމަށްފަހު، ޗައިނާއަށް ދީލާލައިގެން ސްޓްރެޓެޖިކް ގުޅުމެއް ޗައިނާއާއެކު ގާއިމް ކޮށްފައިވާ ކަމަށް އަސްކަރީ ދިރާސާ ކުރާ ޑައިރެކްޓަސް އިން ބުނެއެވެ. ޕާކިސްތާނަކީ، 1960 ގެ އަހަރުތަކުން ފެށިގެން ޗައިނާއާ ބަދަހި ގުޅުމެއް ފަށައި، އިންޑިއާއާ ދެކޮޅުވެރިވެ، ސަރަޙައްދީ ނުފޫޒު އިތުރުކުރުމަށްޓަކައި ބެއިޖިންގގެ އިޤްތިޞާދީ އަދި އަސްކަރީ އެހީތެރިކަން ހޯދާފައިވާ ގައުމެކެވެ. އަދި 62 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމުގައިވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގެ ދަށުން ހިންގޭ އުމްރާނީ ތަރައްޤީގެ […]
